ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްޑާ ޖޭއެސްސީއަށް ހާޒިރުކުރުން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ޖުޑީޝަރީ ކޮމިޓީ

އަޒްމިރަލްދާއަށް ކޮމެޓީގައި ވާހަކަދެއްކުމުގެ ފުރުސަތު ނުދޭން ނިންމައިފި

ޖުޑިޝަރީ ކޮމެޓީން ދިރާސާކުރާ މައްސަލައިގައި ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެން އަޒްމިރަލްދާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއަކުން ދަންނަވާފައި. ނަމަވެސް މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި އެކަމަށް ވޯޓަށް އެހުމުން ފާހެއް ނުވި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރާ މައްސަލަ ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި ވާހަކަދެއްކުމުގެ ފުރުސަތު އޭނާއަށް ނުދިނުމަށް މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ކޮމިޝަނުން ނިންމީ، އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދުކުރުމާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިޔަ މަޖިލީހަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.

ތަފްސީލު - ޖޭއެސްސީން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވި މައްސަލައިގައި ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެދި އަޒްމިރަލްދާ ވަނީ މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސް ކުރައްވައި ސިޓީއެއް ފޮނުއްވާފަ އެވެ.

އެ ސިޓީގައި އޭނާ އެދިވަޑައިގަތީ ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިއަށް ގާނޫނީ ވަކީލަކާ އެކު ހާޒިރުވެ، ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތެއް ދެއްވުމަށެވެ.

މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އަޒްމިރަލްދާ އާއި ޖޭއެސްސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު އެވެ.

ނަމަވެސް މައުރޫފް އާއި ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ނާޒިލް ފިޔަވައި ދެން ތިއްބެވި މެމްބަރުން ވޯޓު ދެއްވީ އެ ހުށަހެޅުމާ ދެކޮޅަށެވެ.

މިއަދުގެ ކޮމެޓީ ބައްދަލުވުން ނިންމާލީ އެ މައްސަލަ އިތުރަށް ދިރާސާކުރާ ގޮތަށެވެ.

ގުޅުން ހުރި ކަމެއް - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ. އެގޮތުން: 

  • މަހާޒު އަދި އަޒްމިރަލްދާ ސަސްޕެންޑްކުރަނީ ވެސް އޭސީސީން ޖޭއެސްސީއަށް ފޮނުވި ސިޓީއެއްގެ މައްޗަށް ބިނާކޮށް

  • އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވާފައި؛ އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި

  • ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި؛ އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތް

ކޮމެންޓް (2)

އަދުލު

11 މޭ 2025
ރައީސް މުއިއްޒު އަކީ އަދުލުވެރި ވެރިއަކަށް ވާނެކަމަށް އުންމީދު ކުރިން. މިގައުމުގެ ނޫސް ތަކުގެ ހެޑްލައިންތަކުން ފަނޑިޔާރުން އިންސާފު ލިބޭތޯ ކުރާ މަސައްކަތް އެބަ ހާމަވޭ. އެކަމަކު ދީންވެރި ވެރިޔާއަށް ފެންނަ ކަމަކަށް ނުވޭ. ސަބަބަކަށް ފެންނަނީ ވެރިޔާ ރުހޭ ބަޔަކަށް ނުވުން. އެކަމަކު ކީރިތި ޤުރުއާނާއި އެއްގޮތަށޭ މިސަރުކާރުހިންގާނީ ބުނާއަޑު ވެސް އިވޭ. ކީރިތި ޤުރުއާނުގައި އަދުލުވެރި ވާން އޮތް ބަސްފުޅު ހަނދާން ނެތުނީތޯ؟
1 0

ތެފައާސާ.

10 މޭ 2025
އުރަތްޕެއް އަސްލެއް ހަގީގަތެއް ނެތި އުފައްދައިގެން އުޅޭ މައްސަލައެއްގައި ވާހަކަ ދައްކަން ފުރުސަތު ދީފިނަމަ އިތުރަށް ބޭޒާރުވުން ނޫން ކަމެއް ނުވާނޭތާ؟ ދެރައީ މިވަރުވާއިރުވެސް އަހަރެމެންގެ ރައީސަށް ހަމަ ހިލަމެއްވެސް ނުވާކަން. އެމަނިކުފާނަށް މި އެނގެނީ މީޑިއާއިން، އޭރު މި އޮންނަނީ އިއްތިފާގަކުން އެމަނިކުފާނު ބޭނުންވާގޮތަށް ކަންވެ ނިމިފައި.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް