ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު(ކ)، އެސިސްޓެންޓް ޕީޖީގެ މަގާމަށް އައްޔަންކުރެއްވި ހުސެއިން ސާމީ(ވ)

ޕީޖީ އޮފީސް

ޑެޕިއުޓީ ޕީޖީއަކަށް ވަކީލު އައިޝަތު، އެސިސްޓެންޓް ޕީޖީއަކަށް ސާމީ

އައިޝަތު އަކީ 2011ވަނަ އަހަރުން ފެށިގެން ދައުލަތުގެ ވަކީލެއްގެ ގޮތުގައި ޕީޖީގައި މަަސައްކަތްކުރައްވާ ބޭފުޅެއް؛ ސާމީއަކީ 2018 ވަނަ އަހަރުން ފެށިގެން ޕީޖީގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެއް

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބައެއް އިސް މަގާމުތަކަށް ބޭފުޅުން މިއަދު އައްޔަންކުރައްވައިފި އެވެ. 

ވީ ކިހިނެއް؟ - ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް، ޑެޕިއުޓީ ޕީޖީގެ މަގާމަށާއި، އެސިސްޓެންޓް ޕީޖީގެ މަގާމަށް އައްޔަންކުރެއްވީ ދައުލަތުގެ ވަކީލުންގެ ގޮތުގައި  މަސައްކަތްކުރައްވާ ދެ ވަކީލުންނެވެ.

ތަފްސީލް - އެގޮތުން އައްޔަންކުރެއްވި ބޭފުޅުންނަކީ:

  • ޑެޕިއުޓީ ޕީޖީގެ މަގާމަށް އައިޝަތު މުހައްމަދު

  • 2011 ވަނަ އަހަރުން ފެށިގެން ޕީޖީގައި މަސައްކަތްކުރައްވާ އައިޝަތު މުހައްމަދަކީ މިވަގުތު ޕީޖީ އޮފީހުގެ އެންމެ އިސް ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއް ވަކީލު

  • އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ވަކީލު ހުސެއިން ސާމީ؛ ސާމީ އަންނަނީ ޕީޖީގެ ވަކީލެއްގެ ގޮތުގައި 2018 ވަނަ އަހަރުން ފެށިގެން މަސައްކަތްކުރައްވަމުން

ޑެެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަންކުރެއްވި އައިޝަތު މުހައްމަދު
އެސިސްޓެންޓް ޕީޖީ ކަމަށް އައްޔަން ކުރެއްވި ސާމީ

ފާހަގަކޮށްލެވޭ ކަމެއް - ޑެޕިއުޓީ ޕީޖީގެ މަގާމުގައި ކުރިން ހުންނެވި އަލީ ސަމީރު ވަނީ މިދިޔަ އޮކްޓޫބަރު އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވުމުން އެމަގާމު ފުރުއްވަމުން ދިޔައީ މަހުމޫދު ސަލީމް އެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ޑެޕިއުޓީ ޕިީޖީގެ މަގާމުގައި މިހާރު ވެސް މަސައްކަތްކުރައްވަމުން ގެންދަވާ މަހުމޫދު އެ މަގާމުގައި ދެމިހުންނަވައިގެން އަލަށް އެ މަގާމަށް އައްޔަންކުރެއްވި އައިޝަތު މުހައްމަދާ އެކު މަސައްކަތްކުރައްވާނެ އެވެ.

ކޮމެންޓް (2)

ތެފައާސާ.

11 މޭ 2025
ހަދާނަށް އައީ ރައީސް ޔާމީނުގެ ޝަރީއަތް މަތިން. މަރުހަބާ ޑީޕީޖީ އައިޝާ.
0 0

ސިކުނޑި

10 މޭ 2025
މަރުހަބާ އަައިޝާ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް