ޔުމްނު ވެއްޓުނު ހ. ފެންޓޮނޯއީގެ އާއި އެ ގެއާ ޖެހިގެން ހުރި ހ. މިޓާޒްގެ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
އާއިލާގެ ފަރާތުން ޔުމްނުގެ ބަސް: މިއީ ބަޔަކު ކުރި ކަމެއް؛ އަމިއްލައަށް ނުވެއްޓެން
އޭޕްރީލް 18 ވަނަ ދުވަހުގެ ފަތިހު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު ފުންމާލީ ނޫން ކަމަށާއި އެއީ ބަޔަކު ކުރި ކަމެއް ކަމަށް އޭނާއާ ހަވާލާދީ އާއިލާއިން މިރޭ ބުނެފި އެވެ.
ވީ ކިހިނެއް؟ - ޔުމްނުގެ އާއިލާގެ ފަރާތުން މިރޭ އޮންލައިންކޮށް ރާއްޖެޓީވީ އާއި ޗެނަލް13 މެދުވެރިކޮށް ދިން މެސެޖެއްގައި ޔުމްނުގެ ދައްތައަކު ވަނީ، މިހާރު މެލޭޝިޔާގައި ފަރުވާ ހޯދަމުން އަންނަ ޔުމްނު ވާހަކަ ދައްކާފައިވާ ކަމަށް ބުނެފަ އެވެ. ޔުމްނުއާ ހަވާލާދީ އޭނާ ބުނީ:
-
އެ ހާދިސާ ހިނގި ހ. ފެންޓެނޯއީ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް
-
އެ ހާދިސާ ހިނގި ރޭ އެ ގެއަށް ދިޔައީ މި މައްސަލައާ ގުޅިގެން ފުލުހުން ފުރުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ހ މީނާޒު، ޔޫސުފް ޔައްސާރު އަބްދުލްގަފޫރު އޭނާއަށް ލޮކޭޝަން ފޮނުވާ ދިން ދައުވަތަކަށް ކަމަށް ޔުމްނު ބުނޭ
-
އެ ރޭ އެކަންވީ ވަގުތު އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައުދުގެ އިތުރަށް ހަތަރު މީހަކު އުޅުނުކަމަށް ޔުމްނު ބުނެފައިވާ ކަމަށް ވެސް ދައްތަ ބުނި
"އެކަމަކު ޔުމްނު އަޅުގަނޑުމެންނަށް ކިޔައިދީފި މިއަދު، އެ ގެއަކީ ޔުމްނު ކުރިން ވެސް ގޮސް އުޅުނު ގެއެއް ކަމަށް. އަދި އެ ގެއަށް އިންވައިޓް ކޮށްފައިވަނީ ޔައްސާރު ކަމަށް. ގޭގެ ލޮކޭޝަން ވެސް ފޮނުވީ ޔައްސާރު. ދެ ގެއަށް ވެސް ދިޔައީ ޔައްސާރުގެ އިންވިޓޭޝަންއަކާ އެކީގައި،" ޔުމްނުގެ ދައްތަ ބުނެފައިވެ އެވެ.
ޔުމްނުގެ ދައްތަ ބުނީ އެ ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ ފުލުހުން އާއިލާ މީހުންގެ ގާތުގައި ބުނީ އެއީ 'ރެންޑަމް' ގެއެއް ކަމަށާއި އެ ގޭގައި ކެމެރާ ވެސް ނުހުންނަ ކަމަށެވެ.
ތަފްސީލް - އެ ހާދިސާއާ ގުޅޭގޮތުން ޔުމްނުގެ ދައްތަ އިތުރަށް ބުނީ، އަމިއްލައަށް ނުވެއްޓޭ ކަމަށް ޔުމްނު ބުނެފައިވާ ކަމަށެވެ.
"އެ ވީ ކަމަކީ، ޔުމްނުގެ އަނގައިގެން ބުނެފައިވަނީ، އެފަދަ ކަމެއް އަމިއްލައަށް ނުކުރަމޭ. އަޅުގަނޑު އަމިއްލައަށް ނުވެއްޓެމޭ،" ޔުމްނުގެ ދައްތަ ބުންޏެވެ.
"އެތަނުގައި ޔައްސާރު، ރައުދުގެ އިތުރުން ވެސް އިތުރު ހަތަރު މީހުން ހިމެނޭ. އެހެންވިމަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ހަދަމުންދިޔަ ދޮގުތަކާއި ދެން އެހެން ތަންތަނުން ހަދަމުންދިޔަ ދޮގުތަކުގެ އަސްލު ކިޔައިދޭން އައިސް މި ހުރީ." އޭނާގެ ދައްތަ ބުންޏެވެ.
އޭނާގެ ދައްތަ އިތުރަށް ވާހަކަ ދައްކަމުން ބުނީ ޔުމްނުއަށް ވާހަކަދެއްކުނު އެންމެ ފަހު ފަހަރު އޭނާ ސުވާލު ކުރީ އިންސާފާ ބެހޭގޮތުންނެވެ.
"އެންމެ ފަހު ބަހަކަށް ޔުމްނު ބުނެފައިވަނީ، އަޅުގަނޑު ކައިރީގައި، އިންސާފު ލިބޭނެހޭ، ޔަގީންހެއްޔޭ އިންސާފު ލިބޭނެކަން. މިއީ އަމިއްލައަށް ކުރި ކަމެއް ނޫނޭ، މިއީ ބަޔަކު ކުރި ކަމެކޭ. އޭނަ އެތަނަށް މަރަށް ދޫކޮށްލީ ބަޔަކުއޭ. އޭނަ އަމިއްލައަކަށް ނޫނޭ އެކަން ކުރީ،" ދައްތަ ބުންޏެވެ.
އޭގެ އިތުރުން، ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން މި މައްސަލައިގައި އަމަލު ކޮށްފައިވާ ގޮތާ މެދު ޔުމްނުގެ ދައްތަ ވަނީ ސުވާލު އުފައްދާފަ އެވެ. އެގޮތުން އޭނާ ބުނީ:
-
މައްސަލަ ތަހުގީގުކުރަން އެކުލަވައިލި ރިޔާސީ ކޮމިޝަނުން ކުރާ ތަހުގީގުގައި އާއިލާއާ އެއްވެސް މުއާމަލާތެއް އަދި މިހާތަނަށް ކޮށްފައިނުވާއިރު، ފުލުހުން ވެސް އިތުރު ސުވާލެއް ނުކުރާ ކަމަށް
-
މައްސަލަ ބަލަން ތިބި މީހުން އޭރު ވެސް އަދި ފަހުން ސުވާލުކުރުމުން ވެސް ހެދީ ދޮގު ކަމަށް އޭނާ ތުހުމަތުކުރި
ރިޔާސީ ކޮމިޝަނުން މައްސަލަ ބެލުމަށްޓަކައި މިއަދު އޮންލައިން ޕޯޓަލްއެއް ތައާރަފްކުރި ކުރުމަކީ މައްސަލަ ބެލުންތޯ ސުވާލު އުފައްދައި އެކަމަށް އޭނާ ވަނީ ފާޑުކިޔާފަ އެވެ.
ކޮމެންޓް (8)
ހަލޯ
އިންސާފު
އަންނި
ާދުރުމި
ހދހދހދހދ
ފަހުދު
ޢާއިލާ
ާއއޔޔ