ހދ. ނެއްލައިދޫ ކައިރީގައި އޮންނަ ފަޅު ރަށް، ހިރިނައިދޫ

ހދ. ނެއްލައިދޫ

ނެއްލައިދޫގެ ބައެއްގެ ގޮތުގައި ހިރިނައިދޫ ކަނޑައަޅައިފި

ހިރިނައިދޫއަކީ ނެއްލައިދޫ ކައިރީ އޮންނަ ފަޅު ރަށެއް؛ މިރަށް ނެއްލައިދޫގެ ބައެއްގެ ގޮތުގައި ރައީސް ހަަމަޖެއްސެވީ އިގްތިސާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް

ހދ. ނެއްލައިދޫ ރައްޔިތުންނަށް އިގްތިސާދީ ނަފާ ހޯދޭނެ މަގުފަހިކުރުމަށް އެ އަތޮޅު ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއް ކަމުގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސްއަށް ލިބިދޭ ބާރުގެ ދަށުންނެވެ. 

ތަފްސީލް - ހިރިނައިދޫ އަކީ ނެއްލައިދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅައި މިއަދު ނެރުއްވި ގަރާރުގައި ހިރިނައިދޫގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތް ބަޔާންކޮށްފައިވެ އެވެ. އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް ހިރިނައިދޫ ވަނީ  ނެއްލައިދޫގެ ބައެއްގެ ގޮތުގައި އިތުރުކޮށްފަ އެވެ. 

އެނގުން މުހިންމު - ހިރިނައިދޫއަކީ ނެއްލައިދޫ ކައިރީ އޮންނަ ގާތްގަނޑަކަށް 7.40 ހެކްޓަރުގެ ފަޅު ރަށެކެވެ. ނެއްލައިދޫ ރައްޔިތުންނަށް އިގްތިސާދީ ނަފާ ހޯދޭނެ ރަށެއްގެ ގޮތުގައި ހިރިނައިދޫ ހަމަޖައްސަވައިދެއްވާނެކަމަށް މިދިޔަ އަހަރުގެ ފެބްރުރީގައި ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް