މިނިސްޓަރު ޝަހީމް (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ޝަހީމް އަލުން އަދާލަތު ޕާޓީއާ ގުޅިވަޑައިގަންނަވަނީ

އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގަތީ 2017ވަނަ އަހަރު؛ ޝަހީމް ވިދާޅުވީ މި އަހަރު ފަހުކޮޅުގައި އަދާލަތު ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - ޝަހީމް އެންމެ ފުަރަތަމަ ސިޔާސީ މަސައްކަތް ފެއްޓެވި އަދާލަތު ޕާޓީން އޭނާ ވަކިވެވަޑައިގަތީ 2017 ވަނަ އަހަރު އެވެ. އޭރު އޭނާއަކީ އެ ޕާޓީގެ އެއް މުއައްސިސެވެ.

ބުނީ ކީކޭ؟ - އަދާލަތު ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަން ހާމަކުރެއްވީ މިއަދު އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެެވެ.

"އެޕާޓީގެ ސީނިއާ އެއް މުއައްސިސްގެ ހައިސިއްޔަތުން އަހަރުތަކެއް ވަންދެން އަޅުގަނޑު ހިދުމަތްކުރި އަދާލަތު ޕާޓީއަށް ‎އަލުން ވަނުމަށް ނިންމައިފީމެވެ. މި އަހަރު ފަހުކޮޅުގައި ޕާޓީގެ އާ ރައީސަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބުގައި އަޅުގަނޑު ވާދަކުރާނަން. އިންޝާ ﷲ،" ޝަހީމްގެ ޕޯސްޓުގައި ވެއެވެ.

ފާހަގަކޮށްލެވޭ ކަމެއް - އަދާލަތު ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓްގެ ގޮތުގައި ޝަހީމް މަސައްކަތް ކުރެއްވި އެވެ. އަދި 2020 ވަނަ އަހަރުން ފެށިގެން އެ ޕާޓީގެ އެޑްވައިޒަރުގެ މަގާމާ ވެސް ފުރުއްވި އެވެ.

ކޮމެންޓް (1)

އަމީ

1 މޭ 2025
މިނިސްޓަރ ޝަހީމްގެ ނިންމުމަށް މަރުހަބާ. އަދާލަތުން ރާއްޖޭގެ ވެރިކަން ކުރާނެ ދުވަހަކަށް އިންތިޒާރު ކުރަން. ރައީސް މުއިއްޒު ވެސް އަހަރެމެން ހީކުރިކަހަލަ ވެރިއަކަށް އަދި ނުވޭ. ސްޕުރީމް ކޯޓަށް ނުފޫޒު ފޯރުވުން ބަލައެއް ނުގަނެވޭނެ. ބޭއިންސާފު ބަލައެއް ނުގަނެވޭނެ. ރަނގަޅު ލީޑަރުން ކުށަށް އިޢުތިރާފުވެ ޒިންމާނަގާ އެކަންކަން ރަނގަޅު ކުރާނެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް