މިއޮޓްއިން އަލަށް ހުޅުވި ރީހެބިލިޓޭޝަން ސެންޓަރު. އެތަން ހުޅުވުމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ އެތަނަށް ވަޑައިގެން ބައްލަވާލައްވާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ރީހެބިލިޓޭޝަން ގިނަ ހިދުމަތްތައް ލިބޭ މިއޮޓް ރީހެބް ސެންޓަރު ހުޅުވައިފި

ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ވަނީ މިއޮޓް ހޮސްޕިޓަލުން ހިދުމަތް ހޯދާފައި. މާލޭގައި ރީހެބް ސެންޓަރެއް ހުޅުވުމުން އިންޑިއާއަށް ނުގޮސް ވެސް އެ ރީހެބިލިޓޭޝަންގެ ހިދުމަތްތައް ލިބޭނެ
30 އޭޕްރީލު 2025

ޗެންނާއިގެ މިއޮޓް އިންޓަނޭޝަނަލްއިން ދިވެހިންނަށް ރާއްޖޭގައި ތިބެގެން ފެންވަރު ރަނގަޅު ރީހެބިލިޓޭޝަން ހިދުމަތް ހޯދޭނެ މަގުފަހިކޮށްދިނުމަށްޓަކައި 'މިއޮޓް ރީހެބް ސެންޓަރު' ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - މިއޮޓްއިން ވަނީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި އެތައް ހާސް ދިވެހިންނަށް ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

ނަމަވެސް މިއޮޓް ހޮސްޕިޓަލުގެ ރީހެބިލިޓޭޝަން ހިދުމަތް ހޯދާ ދިވެހިން މީގެ ކުރިން ދަތުރުކުރަނީ އިންޑިއާއަށެވެ. މިއަދު މާލޭގެ ދަރުމަވަންތަ މަގުގައި ރީހެބް ސެންޓަރެއް ހުޅުވީ، އެ ކުންފުނިން ބުނި ގޮތުގައި އެއަށް ވުރެ ގާތުން ދިވެހިންނަށް ރީހެބިލިޓޭޝަންގެ ހިދުމަތް ދިނުން މުހިންމު ކަމަށް ދެކޭތީ އެވެ.

ސަބަބަކީ ރިހެބިލިޓޭޝަނަކީ ރިކަވާ ކުރުމުގެ އިތުރުން އާންމު ދިރިއުޅުމަކަށް އައުމުގައި ޕޭޝަންޓުންނަށް ލިބިދޭ އެންމެ މުހިންމު ހިދުމަތަށް ވުމެވެ.

މިއޮޓް ރީހެބް ސެންޓަރު ހުޅުވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ އެތަނަށް ވަޑައިގެން އެތަނުގެ ވަސީލަތްތައް ބައްލަވާލައްވާފަ އެވެ.

މިނިސްޓަރު ނާޒިމް މިއޮޓް ރީހެބް ސެންޓަރު ބައްލަވާލައްވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
މިނިސްޓަރު ނާޒިމް މިއޮޓް ރީހެބް ސެންޓަރުގެ މުވައްޒަފުންނާ ވެސް ވަނީ ބައްދަލުކުރައްވާފައި. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލު - މިއޮޓްއިން ބުނީ އެ ސެންޓަރު ހުޅުވުމާ އެކު އެ ހޮސްޕިޓަލާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، އެތައް ހާސް ދިވެހިންނަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އެގޮތުން މިއީ އެއް ފުރާޅެއްގެ ދަށުން ރިހެބިލިޓޭޝަންގެ ހުރިހާ ހިދުމަތްތަކެއް ލިބޭނެ ތަނެއް ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފަ އެވެ.

  • 30 އޭޕްރިލް 2025: މިއޮޓް އިން އަލަށް ހުޅުވު ރީހެބިލިޓޭޝަން ސެންޓަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިއޮޓް ރީހެބް ސެންޓަރު

  • މި ސެންޓަރުން ފަރުވާ ހޯދާ މީހުންނަށް ޗެންނާއީގައި ހުންނަ އެ ހޮސްޕިޓަލްގެ މައި މަރުކަޒުން ވަގުތުން ފީޑްބެކް ލިބޭނެ

  • ހިދުމަތް ދިނުމުގައި ބޭނުންކުރަނީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ސިއްހީ ވަސީލަތްތަކާއި މެޝިންތައް

  • ނާރުގެ ބަލިތަކާއި ކެންސަރުންނާއި ކުޅިވަރު ކުޅެގެން ލިބޭ އަނިޔާތަކަށް ރީހެބެލިޓޭޝަން ލިބޭނެ

  • އާންމު ތެރަޕީ ހިދުމަތްތަކުގެ އިތުރުން އިމަޖެންސީ ފަރުވާގެ ހިދުމަތްތައް ވެސް ލިބޭނެ

  • ރެސަސިޓޭޝަން ރޫމެއް ހުންނާނެ

  • ފިޒިއޮތެރަޕީ ސަޕޯޓުގެ ދަށުން ހަނދާން ނެތުން، ސަމާލުކަމަށް ކުރާ އަސަރުތައް އަދި ނިގި ގެއްލުން ފަދަ ކަންކަމަށް ވެސް ފަރުވާ ދޭނެ

  • 30 އޭޕްރިލް 2025: މިއޮޓް އިން އަލަށް ހުޅުވު ރީހެބިލިޓޭޝަން ސެންޓަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • 30 އޭޕްރިލް 2025: މިއޮޓް އިން އަލަށް ހުޅުވު ރީހެބިލިޓޭޝަން ސެންޓަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • 30 އޭޕްރިލް 2025: މިއޮޓް އިން އަލަށް ހުޅުވު ރީހެބިލިޓޭޝަން ސެންޓަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • 30 އޭޕްރިލް 2025: މިއޮޓް އިން އަލަށް ހުޅުވު ރީހެބިލިޓޭޝަން ސެންޓަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • 30 އޭޕްރިލް 2025: މިއޮޓް އިން އަލަށް ހުޅުވު ރީހެބިލިޓޭޝަން ސެންޓަރު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މިއޮޓް ރިހެބް ސެންޓަރުގައި ހިދުމަތް ދެނީ ގާބިލު، ތަޖުރިބާކާރުންގެ ޓީމަކުންނެވެ. އެ ޓީމުގެ ތެރޭގައި ހިމެނެނީ:

  • ރީހެބިލިޓޭޝަން ސްޕެޝަލިސްޓުން

  • ނިއުރޮލޮޖިސްޓުން

  • ސައިކޭޓްރިސްޓުން

  • ފިޒީޝަނުން

  • ސްޕީޗް ލެންގުއެޖް ޕެތަލޮޖިސްޓުން

  • އެހެނިހެން ތަޖުރިބާކާރުން

މިއޮޓް ރީހެބް ސެންޓަރު ހުންނާނީ ދަރުމަވަންތަމަގު، ގ. މޫނިމާގެ ފުރަތަމަ ފަންގިފިލާގަ އެވެ. އެ ސެންޓަރާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް:

އިތުރު އާޓިކަލް

އިތުރު އާޓިކަލް