ޔުމްނުއާއި ރައުދުއާ ދެ މީހުން، ޔުމްނު ވެއްޓުނު އިމާރާތުގެ ތެރޭގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖު ނޫސްވެރިންގެ ބައްދަލުވުމުގައި ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޔުމްނު ވިކްޓިމައިޒްވާ ގޮތަށް ފުލުހުން އަމަލުކޮށްފައިވުމަކީ ކަންބޮޑުވުމެއް: އެޗްއާރުސީއެމް
މިދިޔަ ހުކުރު ދުވަހުގެ ފަތިހު މާލޭގެ އިމާރާތަކުން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލާގައި އޭނާ ވިކްޓިމައިޒްވާ ގޮތަށް ފުލުހުން އަމަލުކޮށްފައިވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ހައްވާ ޔުމްނު ރަޝީދު، 21، ގ. ރަނައުރާގެއާގެ، ވެއްޓުނު މައްސަލާގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވެއްޓުނު އިމާރާތުގެ ތެރޭގައި އޭނާ އާއި ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ އުޅުނު މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖުތައް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
މި މައްސަލަ ބަލަމުންދާކަން ހާމަކޮށް އެޗްއާރުސީއެމްއިން ބަޔާނެއް ނެރުނީ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން ނިމުނުތާ ގަޑިއިރެއް ވަރު ފަހުންނެވެ.
ތަފްސީލް - އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ޖިނާއީ ތަހުގީގެއްގެ މިހާ ކުރީކޮޅު އަދި ވަށައިގެންވާ ހުރިހާ ހެކިތައް ދެނެގަނެ، އެ ހެކިތައް ހޯދުމަށް މަސައްކަތްކުރަމުން އަންނަ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި ހާމަކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު ވެސް އޮތް ކަމެއް ކަމަށެވެ.
އެ ބަޔާނުގައި ދެން ފާހަގަކޮށްފައިވަނީ:
-
އަނިޔާވި ފަރާތް (ޔުމްނު) އެންމެ ފަހުން އުޅުނު އިމާރާތުގެ ސީސީޓީވީ ފުޓޭޖު އެކަނި ދެއްކުމަކީ ކަންބޮޑުވުމެއް؛ އޭގެ ސަބަބުން ވީޑިއޯއިން ފެންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވާ ކަމަށް ދެކެން
-
އެންމެ ފުރަތަމަ ސިއްރުކޮށްގެން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމައެކަނި ޔުމްނުގެ ނަން ހާމަކޮށް ދެން ތިބި މީހުންގެ ނަންތައް ހާމަނުކުރުމަކީ ތަފާތުކުރުމެއް
-
ފުލުހުން މި މައްސަލާގައި އަމަލުކޮށްފައިވާ ގޮތުން އަނިޔާވި ފަރާތް (ޔުމްނު) އިތުރަށް ވިކްޓިމައިޒްވޭ
-
ކަން ހިނގި ގޮތް ކަނޑައެޅޭ ވަރަށް ފުލުހުންގެ ތަހުގީގު އަދި ނުދަނީސް ހާދިސާ ހިނގި ގޮތް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ފުލުހުން މައުލޫމާތު ދެމުން ދިއުމަކީ ވެސް ކަންބޮޑުވުމެއް
އެނގުން މުހިންމު - އެ އިމާރާތަށް ޔުމްނުއާ އެކު ވަން ރައުދަކީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ކިޔާ މީހެކެވެ. އެ އިމާރާތަށް ރައުދުއާ އެކު ދިއުމުގެ ކުރިއަށް ޔުމްނު ދިޔައީ އަމީން ވެސް ދިރިއުޅުއްވާ ގޭގައި ހިމެނޭ އެޕާޓްމަންޓެއްގައި އޮތް އުފަން ދުވަހުގެ ޕާޓީއަކަށެވެ.
މި މައްސާލަގައި ފުލުހުން ހިންގާ ތަހުގީގަށް ނުފޫޒު ފޯރާފައިވާ ކަމަށް ތުހުމަތު އަމާޒުވީ އެކަމާ ގުޅުވަ އެވެ. އެހެން މައްސަލަތަކާ ފުލުހުން ތަފާތު ގޮތަކަށް މި މައްސަލާގައި އަމަލުކުރާކަން ފާހަގަވާތީ ގިނަ އަދަދެއްގެ ޒުވާނުން ރޭ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކުރިމަތީ މުޒާހަރާކޮށް ނުރުހުން ފާޅުކޮށްފަ އެވެ.
އޭގެ ފަހުން، އަމީންގެ ގޭގައި ހިމެނޭ އެޕާޓްމަންޓުގައި އޮތް ޕާޓީއަށް ދިޔަ މީހުންގެ ޕާސްޕޯޓްތައް ވަނީ މިއަދު ހިފަހައްޓައިފަ އެވެ. އަދި ރައުދު ހައްޔަރުކުރަން ވެސް ކޯޓު އަމުރެއް ވަނީ ހޯދައިފަ އެވެ.
ޕާސްޕޯޓް ހިފެހެއްޓި މީހުންގެ ވަނަވަރު ވެސް ފުލުހުން މިއަދު ހާމަކުރި އެވެ. އެއީ:
-
ރައުދު އަހުމަދު ޒިލާލް، 21، ގ. އެރިޔަދޫ (އަމީނަށް ބޮޑުބޭބެ ކިޔާ، ޔުމްނުއާއެކު އެންމެ ފަހުން އުޅުނު އިމާރާތަށް ދިޔަ ޒުވާނާ)
-
އައިޝަތު ލަޔާލީ އިގުބާލް، 22، ގ. ނޯތުބްރީޒް
-
އިޒްދިޔާން މުހައްމަދު މައުމޫން، 28، މއ. މާންދޫގެދެކުނުގެ (ޓްރާންސްޕޯޓް މިނިސްޓަރު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް؛ މިއަދާ ހަމައަށް ހުންނެވީ ރައީސް އޮފީހުގެ މަގާމެއްގައި)
-
ޔޫސުފް އަހްމަދު އަކްރަމް، 22، މއ. މާންދޫގެދެކުނުގެ (އަމީނަށް ބޮޑުބޭބެ ވިދާޅުވާ ކޮއްކޮއެއް)
-
ޔޫސުފް ޔައްސާރު އަބްދުލްގަފޫރު، 28، ހ. މީނާޒް
-
އާމިނަތު ޖުނައިދާ ޖަމްޝީދު، 24، މ. ތިލަފަޅު
-
ހުސައިން ހަމީސް އަލީ، 28، އަލި/ނ. ވެލިދޫ
-
އިޖާޒު ޖާއިޒު، 24، މާތޮޑާއަވަށް އޭޕްރީލް/ގދ. ފަރެސްމާތޮ
ގުޅުން ހުރި - ރައީސް އޮފީހުގެ މަގާމުތަކުގައި ތިބި އަދި އަމީނަށް ބޮބުބޭބެ ވިދާޅުވާ ދެ ބޭފުޅުންނަށް މިއަދު ފިޔަވަޅު އެޅި އެވެ. އެގޮތުން:
-
ރައީސް އޮފީހުގެ ޑިޖިޓަލް ސްޓެރެޖީގެ އަންޑަސެކްރެޓަރީ ދާއޫދު އަހުމަދު ޒިލާލް މުސާރަ ނުލިބޭ ގޮތަށް އެ މަގާމުން ސަސްޕެންޑްކުރި
-
ރައީސް މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް އެކުލަވާލި ޔޫތު އެޑްވައިޒަރީ ކައުންސިލްގެ ރައީސް ކަމުން ދާއޫދު ވަކިކުރި
-
ރައީސް އޮފީހުގެ ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އަންޑަސެކްރެޓަރީގެ މަގާމުން އިޒްދިޔާން މުހައްމަދު މައުމޫން
ކޮމެންޓް (1)
އެނނީ