މާލޭގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަތުހަރު: ބަންދުގައި ހުއްޓާ އޭނާ ވަނީ ދަންޖެހި މަރުވެފައި.

އަތުހަރުގެ މަރު

އަތުހަރު ދަންޖެހުނު މައްސަލާގައި އެޗްއާރުސީއެމުން އެދުނު 2 ފުލުހުންނަށް ދައުވާނުކުރަން ނިންމައިފި

ޮްޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އެޗްއާރުސީއެމުން ދައުވާކުރަން އެދުނު ދެ ފުލުހުންގެ މައްޗަށް ދައުވާނުކުރަން ނިންމީ އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށް
21 އޭޕްރީލު 2025

ފުލުހުންގެ ބަންދުގައި ހުއްޓައި ދަންޖެހިގެން އާދަމް އަތުހަރު މަރުވި މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ދައުވާކޮށްދިނުމަށް އެދުނު ދެ ފުލުހުންނަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އަތުހަރު ހައްޔަރުކުރީ އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލައެއްގަ އެވެ. އޭނާ ދަންޖެހުނީ ލައިގެން ހުރި ސޯޓުގެ ނާޑުވާއެއް ބޭނުންކޮށްގެން މިދިޔަ 2 ސެޕްޓެމްބަރުގަ އެވެ. ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ ވެސް އެ ދުވަހު އެވެ.

އެ މައްސަލާގައި ދެ ފުލުހަކަށް ދައުވާ ކުރުމަށް އެޗްއާރުސީއެމުން ފޮނުވީ މިދިޔަ 6 ޖެނުއަރީގަ އެވެ.

ތަފްސީލް - ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ދެ ފުލުހުންނަށް ދައުވާ ނުކުރަން ނިންމީ، އެޗްއާރުސީއެމުން ފޮނުވި ރިޕޯޓްތަކުގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތުމުން ކަމަށެވެ.

އެނގުން މުހިންމު - އަތުހަރު ހައްޔަރުކުރީ މިދިޔަ 30 އޮގަސްޓުގަ އެވެ. އަތުހަރު ދަންޖެހުމުގެ ކުރިން ވެސް އެކި ފަހަރު މަތިން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އެގޮތުން:

  • އަންހެން މީހާ ސަލާމަތްކުރުމަށް އުުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިން؛ ހައްޔަރުކުރީ އޭޑީކޭން ދޫކޮށްލިތާ ޖެހިގެން އަދި ދުވަހު

  • ހައްޔަރު ކުރި ދުވަހު ވެސް، ހޮޑުލާތީ އާއި ފިޓު ޖެހިގެން އަނެއްކާ ހޮސްޕިޓަލަށް ގެންދިޔަ؛ އެއާ ޖެހިގެން އަދި އެ ދުވަހު ހޮސްޕިޓަލުން ދޫކޮށްލުމުން އަނެއްކާވެސް ހައްޔަރުކޮށް ކޯޓުން ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ހޯދި

ނާޑުވާލީ ސޯޓާ އެކު ޖަލަށް ވަންނަން ފުރުސަތު ވެސް ނުދޭ ގޮތަށް އަމަލުކުރާ އިރު، އެ ގޮތަށް އޭނާ ވަންނަން ފުރުސަތު ދިނުމަކީ ވެސް ފުލުހުންގެ އިހުމާލު އޮތް ކަމެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވެސް އެ ދުވަސްވަރު ވާހަކަ ދައްކާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް