މާޗް 30، 2025: ފިތުރު އީދުގެ މުނާސަބަތުގައި މާލޭގައި ބޭއްވި ހަރަކާތެއްގައި، އާންމުންގެ ތެރޭގައި ރައީސް މުހައްމަދު: ޕްރެފެންޝަލް ވޯޓިން ސިސްޓަމެއް ގެންނަން މީހުންގެ ތާއިދު ހޯދުމަށް ސަރުކާރުން ކެމްޕެއިނެއް ހިންގަނީ - (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ޕްރެފެރެންޝަލް ވޯޓާ އެކު ރިޔާސީ އިންތިހާބު އެއް ބުރުން ނިންމަން ސަރުކާރުން ކެމްޕެއިނެއް
ރިޔާސީ އިންތިހާބުގެ ދެ ބުރު ބާއްވަން ޖެހޭ ގޮތް ބަދަލުކޮށް، ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކުން އެއްބުރުން ރިޔާސީ އިންތިހާބު ނިންމަން ސަރުކާރުގެ އިސް ބޭފުޅުންނާއި ސަޕޯޓަރުން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހު މުލީއާގޭގައި، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ މަސައްކަތުގެ ތަފުސީލް ހިއްސާކުރައްވައިފަ އެވެ. އެ ގޮތުން:
-
މި އަހަރުގެ ތެރޭގައި އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް
-
އާންމުންގެ ފެންނަ ނުފެންނަ ވޯޓަށް، ރިޔާސީ އިންތިހާބު އެއްބުރުން ނިންމަން ބަދަލުކުރުމަށް މެންބަރުންގެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންނެވި
-
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބާއްވަން ޖެހޭ ގޮތަށް ބަދަލުކުރުމަށް ވެސް މެންބަރުންގެ ތާއީދަށް ރައީސް އެދިވަޑައިގެންނެވި
ތަފްސީލް - އެއަށް ފަހުގައި ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި އެކްޓިވިސްޓުން ގެންދަވަނީ ޕްރެފެރެންޝަލް ވޯޓިން ސިސްޓަމެއް ގެންނަން ތާއީދުކޮށް ސޯޝަލް މީޑިއާގައި "ޕްރެފެރެންޝަލް ވޯޓިން" ހޭޝްޓެގަކާއެކު ކެމްޕެއިނެއް ހިންގަމުންނެވެ.
Preferential voting just makes more sense. You rank your choices, and the most preferred candidate actually wins, not just whoever gets lucky with split votes. pic.twitter.com/48MNBo7GW9
— Malsha (@malshasharyf) April 19, 2025
ޕޯސްޓަރުތަކެއް ވެސް ހިމަނައިގެން ސަރުކާރުގެ އެކްޓިވިސްޓުން ލިޔެފައިވާ ޕޯސްޓްކުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
-
ދެ ބުރު ރިޔާސީ އިންތިހާބު ބާއްވަން ނުޖެހި ހަރަދުތަކެއް ސަލާމަތް ކުރެވޭނެ
-
ފުރަތަމަ ބުރުން ވެސް ވޯޓުލާ އާބާދީގެ ފުރިހަމަ މެޖޯރިޓީ ނުވަތަ 50%އަށް ވުރެ މަތިން ރުހުން އޮތް ކަން ޔަގީންކުރެވޭނެ
-
ރައްޔިތުންގެ އަޑު މި ނިޒާމުގައި މާ ގަދަވާނެ؛ ކޮންމެ މީހަކަށް ވެސް ބޭނުންވާ ތަރުތީބަކުން ކެންޑިޑޭޓުން ތަރުތީބުކުރުމުގެ ފުރުސަތު ލިބޭތީވެ
-
ހަރަދު ކުޑަވުމުގެ އިތުރުން އެންމެ އިންސާފުވެރި ގޮތަކަށް ނިންމޭނެ، އެންމެ 'ހިކުމަތްތެރި' އެއް ގޮތް
Preferential voting is an important positive change in the electoral system of Maldives. If this change is made
— Fazeel Ali 🇲🇻🇵🇸 (@FazylAli) April 19, 2025
- Vote selling will largely stop
- One round gets a real majority
- Fair and cost-effective elections
This is an important step to strengthen democracy pic.twitter.com/LNBJX4zAqm
Preferential voting is an important positive change in the electoral system of Maldives. If this change is made
— Fazeel Ali 🇲🇻🇵🇸 (@FazylAli) April 19, 2025
- Vote selling will largely stop
- One round gets a real majority
- Fair and cost-effective elections
This is an important step to strengthen democracy pic.twitter.com/LNBJX4zAqm
އެނގުން މުހިންމު - ޕްރެފެރެންޝަލް ވޯޓިން ސިސްޓަމަކީ ޑިމޮކްރެޓިކް ގިނަ ގައުމުތަކެއްގައި މިހާރު ވެސް އަމަލުކުރަމުންދާ ނިޒާމެކެވެ. އޭގެ ތެރޭގައި އަވައްޓެރި ސްރީލަންކާގައި ރިޔާސީ އިންތިހާބު އަދި އިންޑިއާގައި ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ ވޯޓުގައި އެ ސިސްޓަމް ބޭނުންކުރެ އެވެ.
ހުރިހާ ވޯޓެއްގައިހެން ޕްރެފެރެންޝަލް ވޯޓިން ސިސްޓަމް ތައާރަފުކޮށްގެން، އެ ކަމަށް މަޝްހޫރުވެފައިވަނީ އޮސްޓްރޭލިއާއާއި އަޔަލޭންޑެވެ.
Preferential voting empowers voters!#PreferentialVoting#MakeYourVoteCount pic.twitter.com/XACRLjc1Yv
— Zuvaan Jeelu (@ZuvaanJeelu) April 20, 2025
ޕްރެފެރެންޝަލް ވޯޓިންތައް ހިނގާ ގޮތް ކުރު ގޮތަކަށް:
-
ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ރޭޓުކޮށްގެން؛ އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަކަށް އެކެއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ދޭއް، ދެން ކަމުދާ ކެންޑިޑޭޓަކަށް ތިނެއް، މިފަދަ ގޮތަކަށް
-
50%އަށް ވުރެ ގިނަ މީހުން އެއް ކެންޑިޑޭޓަކަށް "އެކެއް" ގެ ރޭންކިންގައި ވޯޓު ދީފިނަމަ، އެ ކެންޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެވޭނެ
-
50% މީހުން "އެކެއް" ރޭޓިން ދިން ކެންޑިޑޭޓެއް ނެތް ނަމަ ދެން ބަލާނީ "ދޭއް" ރޭޓިންއަށް؛ "ދޭއް ރޭޓިން ގުނަން ފަށާނީ "އެކެއް" ރޭޓިން މަދުން ލިބުނު ކެންޑިޑޭޓު ނުވަތަ އޭގެ ތެރެއިން ވަކި އަދަދެއްގެ ކެންޑިޑޭޓު ނުލާ
-
"ދޭއް" ރޭޓިންއަށް ފަހު ވެސް %50 ކެންޑިޑޭޓަކަށް ހަމަ ނުވާ ނަމަ، ކުރިން މި ފާހަގަ ކުރި އުސޫލުން ކުރިއަށް ދާނެ
ކޮމެންޓް (6)
މުހަންނަދު
ތެފައާސާ.
މުއިޖިދާ
ރަށުމީހާ
ހަސަން ބަޝީރު
ކޮސް