11 ފެބްރުއަރީ 2024: އައިޖީއެމްއެޗް. (ދައުރު ފޮޓޯ/ މުހައްމަދު އަމާން)

އައިޖީއެމްއެޗް

ފުރާޅުމައްޗަށް ވެއްޓުނު ޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާދެނީ

އައިޖީއެމްއެޗްއިން މިއަދު ބުނިގޮތުގައި އޭނާއަށް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން؛ ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުދޭ

މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޒުވާނާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗް އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ އިއްޔެ ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. އިއްޔެ ހެނދުނު 7:30 އެހާކަންހާއިރު އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުމުން ސިފައިންގެ އެހީތެރިކަމާ އެކު އެ މީހާ ވަނީ އައިޖީއެމްއަޗަށް ގެންގޮސް ފަރުވާދޭން ފަށާފަ އެވެ.

ބުނީ ކީކޭ؟ - އައިޖީއެމްއެޗްއިން މިއަދު 'ދައުރު' އަށް ބުނިގޮތުގައި އޭނާއަށް ފަރުވާދެމުންދަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. ނަމަވެސް އޭނާގެ ހާލަތާބެހޭ މައުލޫމާތެއް ހިއްސައެއް ނުކުރެ އެވެ. 

އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ފުލުހުން ވެސް މިހާތަނަށް ހާމައެއްނުކުރެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް (1)

މީހާ

19 އޭޕްރީލު 2025
ފުލުހުން ދަނީ ތަހުގީގު ކުރަމުން. ނިމުނީ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް