ދ. އުއްދޫ

ދ. އަތޮޅު

މާދާމާއިން ފެށިގެން ދ. އުއްދޫއަށް ޕިކްނިކް ދެވޭނެ

ރައީސް މުއިއްޒު ދ. އަތޮޅު ރައްޔިތުން ދަތުރު ދާ ރަށެއްގެ ގޮތުގައި އުއްދޫ ކަނޑައަޅުއްވައި ދެއްވާ، އެ ރަށް ލޯކަލް ގަވަމެންޓު މިނިސްޓްރީއާ ހަވާލުކުރެއްވީ މިދިޔަ ފެބްރުއަރީގައި. މާދަމާއިން ފެށިގެން ހަފްތާ ބަންދާއި ސަރުކާރު ބަންދު ދުވަސްތަކުގައި އެ ރަށަށް ދަތުރު ދެވޭ ގޮތަށް ވަނީ ހުޅުވާލާފައި
14 އޭޕްރީލު 2025

ދ. އަތޮޅު މީހުން ދަތުރުދާ ރަށެއްގެ ގޮތުގައި މާދަމާއިން ފެށިގެން އެ އަތޮޅު އުއްދޫ ހުޅުވާލާނެކަން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - ދ. އުއްދޫއަކީ ދަތުރުދާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވީ ރައީސް މުހައްމަދު މުއިއްޒު އެވެ. އެއީ މިދިޔަ ފެބްރުއަރީގައި އެމަނިކުފާނު ދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅެއްގައި އެ އަތޮޅު މީދޫއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބު ކުރައްވަމުންނެވެ.

ތަފްސީލު - ލޯކަލް ގަވަމެންޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރައީސް ވިދާޅުވި ގޮތަށް މާދަމާއިން ފެށިގެން ދ. އަތޮޅު ރައްޔިތުންނަށް ދަތުރު ދެވޭނެ ގޮތަށް އުއްދޫ ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ދަތުރު ދާން އުއްދޫ ހުޅުވާލާނީ ހުކުރު، ހޮނިހިރު އަދި ސަރުކާރު ބަންދު ދުވަސްތަކުގައި ހެނދުނު 6 އިން ހަވީރު 6 އަށެވެ.

އުއްދޫއަށް ދަތުރު ދާ މިހުން އެ ރަށުގެ ސާފުތާހިރުކަމާއި ގަވާއިދުތަކަށް އިހުތިރާމުކޮށް، ރަށުގެ ރީތި ވެށި އެގޮތުގައި ބާއްވަން އެއްބާރުލުން ދޭނެ ކަން މިނިސްޓްރީން ޔަގީންކުރެ އެވެ.

އޭގެ އިތުރުން ދަތުރު ދާ މީހުން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ބޭނުންވާނަމަ ދުރާލާ އެކަން ހިއްސާކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ. އެކަން ހިއްސާކުރަން ގުޅާނީ 9108899 / 7777848 ނަންބަރަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް