ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވާހަކަދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ބިދޭސީންގެ ވެހިކަލް ލައިސެންސަށް ވެސް ދެން ހުއްދަ ދޭނީ އިިމްތިހާނު ހެދުމުން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވީ ބޭރުގެ ލައިސެންސަށް ދިވެހި ލައިސެންސް ކުރިން ދެމުން ދިޔައީ މާ ގިނަ ކަންކަމަށް ބެލުމަށް ފަހު ނޫން ކަމަށް؛ ނަމަވެސް މިހާރު އެކަން ބަދަލުކޮށް ޑްރައިވިން އެސެސްމަންޓް ހަދައިގެން ނޫނީ ހުއްދަ ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި

ބިދޭސީންގެ އަތުގައި އޮންނަ ބޭރު ގައުމެއްގެ ލައިސެންސަށް ބެލުމަށް ފަހު ރާއްޖޭގެ ލައިސެންސް ދޫކުރަމުން ދިޔައީ މާ ލުއި ގޮތަކަށް ކަމަށް ގަބޫލުކުރެވޭތީ، އިމްތިހާނު ހަދައިގެން ނޫނީ އެފަދަ ލައިސެންސަކަށް ހުއްދަ ނުދޭން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފި އެވެ.

ވީކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި މި ބަދަލު އިއުލާން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.

ތަފްސީލް - އަމީން ވިދާޅުވި ގޮތުގައި، އެ އުސޫލުގެ ތެރެއިން މީގެ ކުރިން ލައިސެންސް ދޫކުރަމުން ދިޔައީ، ބިދޭސީ މީހާ އަތުގައި އޮތް ލައިސެންސްގެ މުއްދަތަށް ވުރެ ވެސް ދިގު މުއްދަތަކަށެވެ.

"މިސާލަކަށް ބިދޭސީ މީހާގެ އަތުގައި އޮތް ޕާސްޕޯޓްގެ ވެލިޑިޓޭޝަނަކީ ދެ މަސް ވިއަސް، އެއް އަހަރު ވިއަސް 10 އަހަރަށް ދިވެހި ލައިސެންސް އެބަ ދޫކުރެވޭ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރިން އަމަލުކުރަމުން ދިޔަ 'ލުއި' އުސޫލު ހަރުކަށިކޮށް ދެ ބަދަލެއް ވަނީ ގެނެސްފަ އެވެ. އެގޮތުން:

  • މީގެ ފަހުން ރާއްޖޭގެ ލައިސެންސްގެ މުއްދަތަކަށް އޮންނާނީ، ބިދޭސީ މީހާގެ އަތުގައި އޭރު އޮތް އެ ގައުމެއްގެ ލައިސެންސްގައި އޮންނަ މުއްދަތެއް

  • އެ އުސޫލުން ވެސް ލައިސެންސް ދޭނީ އާންމު އުސޫލުން ލައިސެންސް ހޯދަން އޮންނަ ޑްރައިވިން އެސެސްމަންޓްތައް ފުރިހަމަކުރުމުން

ބުނީ ކީކޭ؟ - "މާލޭގައި ދަތުރުކުރަން އޮންނަނީ ކުދި ގޯޅިތަކެއް. ބޭރު ގައުމުތަކުގައި ދުއްވާއިރު ވިސްނަން ޖެހޭ އުކުޅުތަކާ ތަފާތު ވެދާނެ މާލޭގައި ދުއްވަން. އެހެންވެ އަޅުގަނޑުމެން ލައިސެންސް ދޭނީ އެހެން ދިވެހިންނެކޭ އެއްގޮތަށް ޑްރައިވިން އެސެސްމަންޓް ހެދީމަ،" މިނިސްޓަރު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ރާއްޖޭގައި ގަބޫލުކުރާ ބޭރު ގައުމުތަކުގެ ލައިސެންސްގެ ލިސްޓެއް މިދިޔަ ސަރުކާރުގައި އެކުލަވާލި އެވެ. އެ ލިސްޓުގައި 26 ގައުމެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ބިދޭސީ މަސައްކަތްތެރިން އެންމެ ގިނަ ގައުމުތައް ހިމަނާފައިވެ އެވެ. އެގޮތުން:

  • އަފްގާނިސްތާން، ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ، ނޭޕާލް، ޕާކިސްތާނު

  • ބްރުނައި، ކެމްބޯޑިއާ، އިންޑޮނޭޝިއާ، ލާއޯސް، މެލޭޝިއާ، މިޔަންމާ، ފިލިޕީންސް

  • ސިންގަޕޫރު، ތައިލެންޑް، ވިއެޓްނާމް، ޖަޕާން، ޗައިނާ

  • ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ)

  • އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު، ބެލްޖިއަމް

ކޮމެންޓް (2)

މުސްލިމު

15 އޭޕްރީލު 2025
މުސްލިމު ބަޔަކަށޤ ވެފައި މިއަށްވުރެ ބޮޑަށް ރިޝްވަތާއި ކޮރަޕްޝަން އޮތް ގައުމެއް މިނޫނިއްޔާ ދުނިޔެއަކު ނޯންނާނެހެން ހީވާވަރުވޭ
0 0

ސިކުނޑި

15 އޭޕްރީލު 2025
އުސޫލު ބަދަލު ކުރާއިރު ތަނުގެ ހިންގުން އިތުރަށް ހަރުދާކުރުން ވަރަށް މުހިންމު! 10 ހާސް ރުފިޔާއަށް ބޭރުމީހަކަށް ލައިސަން ލިބޭ އެއްވެސް ޝަރުތަކާނުލާ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް