މަޑުލު މުހައްމަދު ވަހީދު

މަރު

މަޑުލު މުހައްމަދު ވަހީދު އަވަހާރަވެއްޖެ

އޭނާވަނީ ދިވެހި ބަހާއި ތާރީހަށް އަދި މީޑިއާގެ ދާއިރާއަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައި
14 އޭޕްރީލު 2025

ދިވެހި ބަހާއި ތާރީހަށް އަދި މީޑިއާގެ ދާއިރާއަށް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މަޑުލު މުހައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.

ތަފްސީލް - އޭނާ އަވަހާރަވީ މިއަދުގެ ވަގުތެއްގައި އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. އޭނާއަށް ވަނީ:

  • ދިވެހި އަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން 2019ގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައި

ކޮންބޭފުޅެއް - މަދަރުސީ ދައުރުން ފެށިގެން ވެސް ލިޔުންތެރިކަމުގެ ރޮނގުން ފާހަގަކޮށްލެވޭ މަޑުލު މުހައްމަދު ވަހީދު ވަނީ:

  • އިނގިރޭސިބަހުން ދިވެހި ބަހަށް ގިނަ މުހިންމު ލިޔުންތަކެއް ތަރުޖަމާކޮށްދެއްވާފައި

  • އިޖްތިމާއީ މައްސަލަތަކާއި، މީހުންނަށް ދިމާވާ އާދަޔާ ހިލާފު ދަތި ހާލަތު ސިފަކޮށްދޭ ވަރަށް އަސަރުގަދަ ރީތި ކުރު ވާހަކަތައް ގެނެސްދެއްވާފައިވޭ 

  • އޭނާއަކީ، ދިވެހިރާއްޖޭގެ އަޑުގެ އެހުންތެރިންނާއި ކިޔުންތެރިންނަށް 1973ވަނަ އަހަރުން ފެށިގެން މެދުނުކެނޑި 10 އަހަރުވަންދެން ބޭރު ދުނިޔޭގެ ހަބަރުތައް ގެނެސްދެއްވުމުގެ ސަބަބުން ވެސް މަޝްހޫރުވެފައިވާ ބޭފުޅެއް 

މަޑުލު މުހައްމަދު ވަހީދަކީ ދައުލަތުގެ މީޑިއާ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ވެސްމެ އެވެ. އަދި އެންމެފަހުން އަދާކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަގާމެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް