14 ސެޕްޓެމްބަރު 2024: ހުޅުމާލެ ފޭސް 2ގައިވާ ހިޔާ ފްލެޓްތައް. (ދައުރޮ ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ކަރަންޓު

ހިޔާގައި ސްޓެލްކޯއިން މަސައްކަތެއް ކުރަން ތާވަލެއްގެ ދަށުން ކަރަންޓް ކަނޑަނީ

ސްޓެލްކޯއިން ބުނީ މާދަމާ މަސައްކަތް ކުރަނީ ހިޔާގެ ފުރަތަމަ ޓަވަރުގައި؛ ކަރަންޓު ކެނޑޭނީ ކޮންމެ ފްލެޓަކުން ގާތްގަނޑަކަށް 30 މިނެޓަށް ކަމަށް
12 އޭޕްރީލު 2025

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ސްޓެލްކޯއިން މުހިންމު މަސައްކަތެއް ކުރަން ވަކި ތާވަލެއްގެ ތެރެއިން ކަރަންޓް ކަނޑަން ޖެހިދާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފި އެވެ.

ވީކިހިނެއް؟ - ސްޓެލްކޯއިިން ވަނީ އެ ކަން ފާހަގަކޮށް އެ މަސައްކަތް ހިނގާ ވަގުތުތަކުގައި ކަރަންޓު ކެނޑިދާނެ ކަމަށް ސަމާލުވުމަށް ހިޔާގައި ދިރިއުޅޭ އާންމުންގެ ކިބައިން އެދިފަ އެވެ. 

ތަފްސީލް - ސްޓެލްކޯއިން ބުނީ އެކި ދުވަސްތަކަށް ޓަވަރުތައް ބަހާލައިގެން މި މަސައްކަތް ކުުރުމަށް ހަމަޖެހިފައިވާއިރު، މާދަމާ މަސައްކަތް ކުރާނީ ހިޔާގެ ފުރަތަމަ ޓަވަރުގައެވެ. އެގޮތުން:

  • އެ މަސައްކަތް ކުރާޏީ މާދަމާ ހެނދުނު 9 އިން ފެށިގެން ހަވީރު 5 އަށް

  • ކަރަންޓު ކެނޑިދާނެ ކަމަށް ބުނީ އެ ވަގުތުތަކުގެ ތެރެއިން ކޮންމެ ފްލެޓަކުން ގާތްގަނޑަކަށް 30 އަކަށް މިނެޓަށް

މިކަމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަައާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް