ގެއްލިގެން ހޯދަމުން އަންނަ މުޝްފިގް.

މުޝްފިގު މަރުވީ ކަމަށް ނިންމައި ގައިބުގައި ކަށު ނަމާދު ކުރަނީ

ލ. މާވަށު އަލީ މުޝްފިގު އަދިވެސް ނުފެންނަ އިރު އޭނާގެ މައްޗަށް ގައިބުގައި ކަށު ނަމާދު ކުރަނީ މާދަމާ މެންދުރު ނަމާދަށް ފަހު
10 އޭޕްރީލު 2025

މި މަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރު އަލިފާން ރޯވެ، އަނދައި އަޑިއަށް ދިޔަ 'ހޮޅުދޫ ބޯޓު'ން ގެއްލުނު ލ. މާވަށު އަލީ މުޝްފިގު، 25، މަރުވީ ކަމަށް ނިންމައި ގައިބުގައި ކަށުނަމާދު ކުރުމަށް ނިންމައިފި އެވެ.

ވީކިހިނެއް؟ - 11 ދިވެހިންނާއި ހަތް ބިދޭސީން ދަތުރުކުރަމުން ދިޔަ ބޯޓު އަނދައި ހުލިވެގެން ދިޔަ އިރު މުޝްފިގު ފިޔަވައި އެހެން އެންމެން ސަލާމަތްވި އެވެ.

މުޝްފިގު ގެއްލުނުތާ ހަފުތާއެއް ފަހުން އޭނާގެ މައްޗަށް ކަށު ނަމާދު ކުރުމަށް މާވަށު ރަށު ކައުންސިލުން ވަނީ އިއުލާންކޮށްފަ އެވެ.

ތަފްސީލް - އިއުލާނުގައި ބުނެފައިވާ ގޮތުން ކަށު ނަމާދު އޮތީ:

  • މާދަމާ ހުކުރު ނަމާދަށް ފަހު

  • އެ ރަށު މަސްޖިދުއްބިލާލްގައި

މުޝްފިގުގެ ކޮއްކޮ އަހުމަދު މިންޝާވީ ޝަރީފަށް މުޝްފިގު އަތުން ލައިފްޖެކެޓް ޖަހައިގަތް މަންޒަރު ފެނުނު ކަމަށްވެ އެވެ. އަދި މުޝްފިގަށް ފަތަން ނޭނގޭ ކަމަށް ރަށު މީހުން ބުނެ އެވެ.

ފާހަގަކޮށްލެވޭ - މުޝްފިގު ގެއްލުމާ އެކު އެމްއެންޑީއެފް ކޯސްޓުގާޑުން ފެށި ސާޗު އޮޕަރޭޝަންގައި:

  • ސާފަސް ސާޗުގެ ގޮތުގައި 92.42 އަކަ ނޯޓިކަލް މޭލު ވަނީ ބަލާފައި

  • ޑައިވްކޮށްގެން 65،100 އަކަ މީޓަރު ވަނީ ބަލާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް