ސިހުރުގެ މައްސަލާގައި ހައްޔަރުކުރި މުހައްމަދު އަބްދުލްކަރީމް.

ފުލުހުން

ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހޯރަފުށިން ހައްޔަރުކޮށްފި

އޭނާ ހައްޔަރުކުރީ އެ ރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި؛ އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ދީފައި

ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މީހަކު ހއ. ހޯރަފުށިން ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އޭނާ ހައްޔަރުކޮށްފައިވަނީ، ފުލުހުން މިއަދު ބުނި ގޮތުގައި، ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މައްސަލަައަކާ ގުޅިގެން ހޯރަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހު އެވެ. 

ތަފްސީލް - މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ:

  • މުހައްމަދު އަބްދުލްކަރީމް، 34، ތިބުރޯޒުގެ/ވ. ކެޔޮދޫ 

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހޯރަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ވަނީ ދީފަ އެވެ. 

މި މައްސަލަ ހޯރަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް (2)

ކީކޭ ދޯދެން ބުނާނީ

6 އޭޕްރީލު 2025
ހޯރަފުށީގަ ޒަމާނުންސުރެ ފާޅުގައި ސިހުރު ހަދާ އުޅޭ މީހުން ކީއްވެޔޯ ދެން ހައްޔަރު ނުކުރެވެނީ؟ އެމީހުން ސިހުރު ހެދުން އޯކޭ؟ މީހުންގެ ދިރި އުޅުން ހަލާކު ކުރަން އޯކޭ؟؟ މީހުން ކޮށްފަ ހުންނަ ކަންކަން ފަޅާ އަރާތީވެ އަވަހަށް އެމީހާ ބަންދު ކުރީ… ތިމީހާ ހައްޔަރު ކުރީވެސް ބަޔަކު އަޑީގަ ތިބެ ރާވާގެން … ޕޮލިހުން ވެސް ތިބެނީ ވަކި ކޮޅަކަށް ޖެހިފަ.. އެތާވެސް ހިނގަނީ ވަކި ބައެއްގެ ބާރު… މީދެން ވަރަށް ވާހަކަ …
4 1

ކNކޭaNީމ

6 އޭޕްރީލު 2025
@ކީކޭ ދޯދެން ބުނާނީ ތި ހަމަ ހިތު ހަސަދަ އޮވެގެން ދައްކާ ވާހަކަ، ފާޅުގަ ކަންކަން ފެންނަ އިރުވެސް އިންކާރު ކުރީމަ ދެން ބުނާނެއް އެޗެއްނެތް، ދޭން އޮތް ނަސޭހަތަކީ އިސްލާހުވާށޭ
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް