ލ. މާވަށަށް 800 ކިލޯ ވޯޓުގެ އާ އިންޖީނެއް ގެންގޮސް އިންސްޓޯލުކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައި(ފޮޓޯ/ފެނަކަ)
މާވަށުގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރަން އާ އިންޖީނެއް ގެންގޮސްފި
ލ. މާވަށުގެ ކަރަންޓުގެ ކެޕޭސިޓީ ރަނގަޅުކުރަން އާ އިންޖީނެއް އެ ރަށަށް އިއްޔެ ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - މާވަށުގެ ކަރަންޓު ކެޕޭސިޓީ ރަނގަޅު ކުރުމަށް އެ ރަށަށް ގެންދިޔައީ 800 ކިލޯވޮޓުގެ އިންޖީނެކެވެ.
ތަފްސީލް - މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ރަށަށް ގެންދިޔަ އިންޖީނެއް ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނި ގޮތުގައި:
-
އެ އިންޖީނު ބެހެއްޓުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި
-
ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހިދުމަތަށް އެ އިންޖީނު ބޭނުން ކުރެވޭނެ ކަމަށް ލަފާކުރެވޭ