ހުޅުމާލެ ޕާކްގައި ޕިކްނިކް ހެދުމަށް ފަހު ބަޔަކު ތަން ހަޑިކޮށް ދޫކޮށްލާފައި - (ފޮޓޯ: އެޗްޑީސީ)

އެޗްޑީސީ

ހުޅޫމާލެ ޕާކް ބޭނުން ކުރަން ހުއްދަ ހޯދަން ޖެހެނީ ގޮނޑި މޭޒު ބަހައްޓާނަމަ

އެޗްޑީސީން ފޮނުވި މެސެޖެއްގައި ވަނީ 'އެ ތަންތަނުގައި ގޮނޑި މޭޒު ނުބަހައްޓަންޏާ، ނޫނީ ފޮޓޯބެކްޑްރޮޕް ފަދަ އެއްޗެއް ނުބަހައްޓަންޏާ، ހަމަ ކޮންމެ ބަޔަކަށް ވެސް ޕިކްނިކް ހެދުމަށާއި އާއިލާއާއި ރައްޓެހިންގެ އެއްވުންތައް ހުއްދަ ހޯދުމަކާ ނުލާ ބޭއްވޭނެ' ކަމަށް

ހުޅުމާލެ ސެންޓްރަލް ޕާކާއި ބީޗު ފަދަ ސަރަހައްދުތަކުގައި ޕިކްނިކް ހެދުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ހުއްދަ ނަގަން ޖެހެނީ ގޮނޑިމޭޒު ބަަހައްޓަންޏާ އެ ކަމަށް ކަމަށާއި އެހެން ނިންމީ ތަނުގެ ސާފުތާރީހުކަން ބެހެއްޓުމަށް ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވީކިިހިނެއް؟ - ކުރިއާލާ ހުއްދަ ނުނަގައި ސެންޓްރަލްޕާކް ބޭނުން ނުކުރެވޭނެ ކަމަށް އެޗްޑީސީގެ އޮފިޝަލުންތަކެއް އެންގި ކަމަށް، ސޯޝަލް މީޑިއާގައި އެ ވާހަކަތައް ދައުރުވި އެވެ. އެ ގޮތުން ތިން ދުވަސްކުރިން އެޗްޑީސީއަށް މެއިލްކުރަން ޖެހޭނެ ކަމަށް ޕޯސްޓެއްގައި އޮތެވެ.

އެކަމާ ގުޅިގެން އެޗްޑީސީގެ މާކެޓިން އެންޑް ޕީއާރު ޑިޕާޓްމަންޓްގެ ހެޑް ހަސަން ޝަހީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އާންމު ތަންތަން ކުއްޔަށް ދޫކުރުމާއި ބޭނުންކުރުމުގެ ގައިޑްލައިނުން، އާންމު ތަންތަނުގައި ޕަބްލިކް ޕިކްނިކް ހެދުމަކީ ހުއްދަ ކަމެއް ކަމަށެވެ.

ބުނީ ކީކޭ؟ - "އެ ތަންތަނުގައި ގޮނޑި މޭޒު ނުބަހައްޓަންޏާ، ނޫނީ ފޮޓޯބެކްޑްރޮޕް ފަދަ އެއްޗެއް ނުބަހައްޓަންޏާ، ހަމަ ކޮންމެ ބަޔަކަށް ވެސް ޕިކްނިކް ހެދުމަށާއި އާއިލާއާއި ރައްޓެހިންގެ އެއްވުންތައް ހުއްދަ ހޯދުމަކާ ނުލާ ބޭއްވޭނެ،" ޝަހީދުގެ މެސެޖުގައިވެ އެވެ.

ހުޅުމާލެ ޕާކްގައި ޕިކްނިކް ހެދުމަށް ފަހު ބަޔަކު ތަން ހަޑިކޮށް ދޫކޮށްލާފައި - (ފޮޓޯ: އެޗްޑީސީ)

އެޗްޑީސީގެ މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ ހުޅުމާލެއަކީ ސާފުތާހިރުކޮށް، ރަނގަޅަށް ބެލެހެއްޓޭނެ ތަނެއްގެ ގޮތުގައި އޮތުމަށް ކަމަށް ވެސް ވިދާޅުވި އެވެ. ޕާކުތަކާއި ބީޗުތައް ހަޑިވާނެ ގޮތަށް އަމަލުކުރަންޏާ، މުވައްޒަފުން އަންގަން ޖެހޭ ކަންކަން އަންގާނެ ކަމަށް ވިދާޅުވި އެވެ.

"އެ މުވައްޒަފުންގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ބައެއް ފަހަރު ކަންކަން ސާފުކުރުމަށާއި ބައެއް ކަންކަމުގެ އިރުޝާދު ދިނުމަށް އާންމުންގެ ގާތަށް ގޮސްދާނެ. އެއީ ތަނުގެ ސާފުތާހިރުކަމަށާއި ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތެއް،" އެޗްޑީސީގެ މެސެޖުގައިވެ އެވެ.

ކޮމެންޓް (1)

ޙަންނާނު

5 އޭޕްރީލު 2025
ޢެހެންވެދޯ ރޭ 50 އުނދުން ޖަހައިގެން އެފްކޮން އިންޑިއާ މުއައްޒަފުން ފޭސް 2 ހޭޅިފަށުގަ ކެއްކިއިރުވެސް ޕޮލިސް އަށްވެސް އެޗްޑީސީ އަށް ވެސް ރޭކާވެސްނުލި...
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް