28 ޖުލައި 2023، މާލެ - ރައީސް ނަޝީދު ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓު ލައްވަނީ: ރާއްޖެއަށް އެންމެ ރަނގަޅު ވާނީ ޑިމޮކްރެޓްސްއާއި ރާއްޖެ ގުޅުން ކަމަށް ވިދާޅުވި - (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުމަށް ނަޝީދު ގޮވާލައްވައިފި

ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދަކީ ގާތްގަނޑަކަށް 15 އަހަރު އެމްޑީޕީގެ ލީޑަރު؛ ޑިމޮކްރެޓްސް އުފެއްދެވީ އެމްޑީޕީގެ އެތެރޭގައި ނަޝީދުގެ ނުފޫޒު ދަށްވެ، އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ޕާޓީން ފިޔަވަޅު އަޅަން ފެށުމުން

ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން ކަމަށް ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނަޝީދު ބަލިވެ، އޭގެ ފަހުގައި އޭރުގެ އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ޕާޓީގައި ތިބެގެން މަސައްކަތްތަކެއް ފެށުމުން ޕާޓީން ވަކިކުރަން އުޅުމުން ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން އުފެއްދެވި ޕާޓީއެކެވެ.

ނަމަވެސް ޑިމޮކްރެޓްސްއަށް އެއްވެސް އިންތިހާބަކުން މާ ބޮޑު ތާއީދެއް ނުލިބުނެވެ. އަދި އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.

ޑިމޮކްރެޓްސް އުފެއްދުވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވެސް މިހާރު އަނބުރާ އެމްޑީޕީއަށް ވަނީ ގުޅިވަޑައިގެންފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން،" އެމްޑީޕީގެ ލީޑަރެއްގެ ގޮތުގައި އެތައް އަހަރަކު ހުންނެވި ނަޝީދު އެކްސްގައި ލިޔުއްވި އެވެ.

ފަސްމަންޒަރު - ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދަކީ ގާތްގަނޑަކަށް 15 އަހަރު އެމްޑީޕީގެ ލީޑަރެވެ. އަދި 2008، 2013 އަދި 2018ގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ވެސް ނަޝީދެވެ.

އެކަމަކު 2018ގައި ނަޝީދަށް އިއްވި ޖަލު ހުކުމެއްގެ ސަބަބުން އިންތިހާބުގައި ވާދަނުކުރެވޭނެތީ އެ ޕާޓީގެ ކޮންގްރެސް މެދުވެރިކޮށް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓު ދިނީ އެވެ. ސޯލިހަށް ޕާޓީގެ ބާރު ލިބުނު ފަހުން ނަޝީދާ ހިޔާލު ތަފާތުވުން ދިޔައީ ބޮޑުވަމުންނެވެ.

ޕާޓީގެ އެތެރޭގައި ނަޝީދުގެ ނުފޫޒު ދެން ދިޔައީ ކުޑަވަމުންނެވެ.

އެނގުން މުހިންމު - އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުމަށް ނަޝީދު ތާއީދުކުރައްވައި ވާހަކަ މި ދެއްކެވީ، ކުރީގެ ރައީސް ސޯލިހު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ އަޑުތަް ގަދަވެފައި ވަނިކޮށެވެ.

ސޯލިހުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ ރިޔާސީ އިންތިހާބުގެ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ރިޔާސީ އިންތިހާބަށް މަސައްކަތް ކުރައްވާ ކަމުގެ މައުލޫމާތު ލިބެ އެވެ.

ކޮމެންޓް (3)

މިނިވަން މީހާ

6 އޭޕްރީލު 2025
ޒާތީނުވެ ސިޔާސީގޮތުން ވަކި ފަރާތަކަށްނުޖެހި މިނިވަންކަމާއެކު ވިސްނާލާ ކޮންމެ ދިވެއްސަކަށް ޔަގީންކުރެވޭނެ ރައީސް ނަޝީދުގެ ސިޔާސަތުތަކުން ދިވެހިފަރުދުންނަށް އެތަކެއް ފައިދާތައް މިހާރުވެސް ކުރަމުންދާކަން. އަދި އެއީ ދައުރެއްގެ ދެބައިކުޅަ އެއްބައިން ކޮށްދެއްވި ކަންކަން. ހެލްތް އިންޝޫރަންސް، ޕެންޝަން، ފޮތްފަންސޫރު، ގުޅިފައިވާ ދަތުރުފަތުރުގެ ނިޒާމު، ގެސްޓް ހައުސް ޓޫރިޒަމް، ރަށްވެހި ތަރައްގީ އަދި މިހެންގޮސް އެތަކެއް ބައިވަރު ހެޔޮ ކަންކަން ކޮށްދެއްވި!
0 0

ސިކުނޑި

5 އޭޕްރީލު 2025
މާލެ މީހުންވެސް އުނބަށް ޖަހަނީތާ!؟!؟!؟
0 0
މޫސަގެ  ދަރި Avatar

މޫސަގެ ދަރި

5 އޭޕްރީލު 2025
ދެން އަޅެ މަ ލައްވާ! ޕްލީޒް، ދެން އެހެން ނޫޅޭނަމޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް