ކ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/އެމްޓީސީސީ)

އެމްޓީސީސީ

ގުޅީ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

މިއީ ޖުމްލަ 89.63 މިލިއަން ރުފިޔާގެ މަޝްރޫއެއް؛ 10.15 ހެކްޓަރުގެ ބިން ހިއްކާނެ
5 އޭޕްރީލު 2025

ކ. ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެކަން ފެށީ ގުޅީގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައި ދެއްވީ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.

ކ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/އެމްޓީސީސީ)
ކ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/އެމްޓީސީސީ)

ތަފްސީލް - އެމްޓީސީސީން ބުނީ، ޖުމްލަ 89.63 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން:

  • 10.15 ހެކްޓަރުގެ ބިން ހިއްކާނެ 

  • ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10،962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓާއި 88 މީޓަރުގެ ގްރޮއިން ޖަހާނެ 

ކ. ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތު. (ފޮޓޯ/އެމްޓީސީސީ)

ފާހަގަކޮށްލެވޭ - 814 މީހުންގެ އާބާދީއެއް އޮންނަ ގުޅިއަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަ ނަމަވެސް ވަރަށް ރީތި ހިތްގައިމު ރަށެއްކަން އެމްޓީސީސީން ފާހަގަކުރި އެވެ. ކ. އަތޮޅުގެ ގިނަ ރަށްރަށް ފަދައިން ގުޅިއަކީ ވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން:

  • މިހާރު ވެސް ގާތްގަނޑަކަށް 15 ގެސްޓްހައުސް ހިންގާ 

  • ރަށުގެ ގިނަ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ ރަށުގެ ބިންކޮޅު ކުޑަވުމުން ރަށުގައި ދިރިއުޅުމަށާއި އަދި ވިޔަފާރިކުރުމަށް އިތުރު ޖާގަ ނެތުމުގެ މައްސަލަ 

އިތުރު އާޓިކަލް

އިތުރު އާޓިކަލް