ރަސްދޫ މަތިން ނަގާފައިވާ ފޮޓޯއެއް

އއ. ރަސްދޫ

ރަސްދޫ ހާދިސާ: ފިހުނު އަންހެން މީހާ މަރުވެއްޖެ

ފިރިހެން މީހާއަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި
31 މާރިޗު 2025
2

އއ. ރަސްދޫގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ މިރޭ މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަލިފާނުގެ ހާދިސާގައި 31 އަހަރުގެ އެ ދެ މީހުންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ. އެކަމަކު ބޮޑަށް ފިހުނީ، އއ. އަތޮޅު އޮފީހުގައި މަސައްކަތް ކުރަމުން ދިޔަ އައިޝަތު ރިފްގާ  އެވެ. އޭނާގެ ހަށިގަނޑު %83 ވަނީ ފިހިފަ އެވެ.

ތަފްސީލް - އެނގިފައިވާ ގޮތުގައި ރިފްގާ މަރުވީ މިރޭގެ އިރާކޮޅު ވަގުތެއްގަ އެވެ. އޭނާގެ ހާލަތަށް އެއްވެސް ކުރިއެރުމެއް އައިކަން އެނގިފައެއް ނުވެ އެވެ.

އެ ހާދިސާގައި ދެން އަނިޔާވި އަލީ ސާމިންގެ ހަށިގަނޑުގެ %78 ފިހުނެވެ. އޭނާއަށް ވެސް ފަރުވާ ދެމުން އައީ ވެންޓިލޭޓަރުގައި ބާއްވައިގެން އައިސީޔޫގަ އެވެ.

އެ ދެ މީހުންނަށް ފަރުވާ ދިނުމަށް މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖޭން ބޭރުން 'ބާން ސްޕެޝަލިސްޓު' ޑޮކްޓަރެއް ގެނެސްފަ އެވެ.

އަލިފާނުގެ ހާދިސާގައި ގޭގެ ކޮޓަރި އަށް ވެސް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އަދި ހާދިސާ ހިނގި ވަގުތު އެ ގޭގައި އިތުރު މީހުން ވެސް އުޅެ އެވެ. އަދި އެ ދެ މީހުންގެ 5 އަހަރުގެ ދަރިފުޅަށް ވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް (2)

ސިކުނޑި

1 އޭޕްރީލު 2025
ތަހުގީގު ކުރިޔަށްދޭތޯ؟ ކަރަންޓް ޝޯޓަކުން ގައިގައި ރޯވުމަކީ ނާދިރުކަމެއް! ތަނަށް ގެއްލުންނުވެ ހަށިގަނޑު އެހާވަރަށް ފިހޭނީ އިތުރު އޭޖެންޓެއް ބޭނުން ކުރުމުން ކަމަށްބެލެވޭ! މީގެއިތުރުން، އެމީހުންގެ ދިރިއުޅުމާއި ގުޅުމާއި އާއިލީ ގުޅުންވެސް ބެލުން ރަނގަޅުވާނެ! ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގައި މިމައްސަލައިގެ ތަހުގީގު އަޅާކިޔާއިރު ސިކުނޑިއަށް ދޭހަވަނީ މުޅިން އެހެން ކަމެއް!!
3 0

އަޙްމަދު

31 މާރިޗު 2025
މަރުހޫމާގެ ފާފަ ފުއްސަވައި ސުވަރުގޭގޭ މަތިވެރި ނިޢްމަތް ދެއްވާށި.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް