ހުޅިމެންދޫއަކީ މާމެންދޫއާ އެއްފަޅެއްގައި އޮންނަ ފަސް ހެކްޓަރުގެ ރަށެއް

ގއ. މާމެންދޫ

މާމެންދޫގެ އިހްތިސާސްގައި ހުޅިމެންދޫ ހިމަނައިފި

މިއީ ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރަން 2018 ވަނަ އަހަރު އެ ރަށުގެ އިހުތިސާސުން އުނިކޮށް، ވަރުވާއަށް ދޫކޮށްފައި އޮތް ރަށެއް

ގއ. މާމެންދޫގެ އިހްތިސާސްގައި އެ އަތޮޅު ހުޅިމެންދޫ ހިމެނުއްވުމަށް ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - އެ މަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސްއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ނެރުއްވި ގަރާރެއްގަ އެވެ.

ތަފްސީލް - ހުޅިމެންދުއަކީ މާމެންދޫއާ އެއް ފަޅެއްގައި އޮންނަ ގާތްގަނޑަކަށް 5.40 ހެކްޓަރުގެ ރަށެކެވެ.

މިރަށް އެ ރަށުގެ އިހުތިސާސުން އުނިކޮށްފައިވަނީ 2018ގަ އެވެ. މާމެންދޫގެ އިހުތިސާސުން އުނިކޮށް ފަތުރުވެރިކަމުގެ ބޭނުމަށް އޭރު އެ ރަށް ދޫކޮށްފައި އޮތަސް، އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް