އީދު ނަމާދަށްފަހު، އާންމުންނާއި ކުޑަ ކުދިން މަގުމަތީގައި (ދައުރު ފައިލް ފޮޓޯ)
މާލޭގައި މިއަދު ހަވީރު 4 އިން 6އަށް އުޅަނދު ދުއްވުން މަނާ
މިއަދު ފާހަގަ ކުރާ ފިތުރު އީދު ދުވަހާ ގުޅިގެން މާލެ ސަރަހައްދުގައި މިއަދު ހަވީރު 4 އިން 6އަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - މި އެންގުން އަންގައި އެ މިނިސްޓްރީން އިއްޔެ ވަނީ ގެޒެޓްގައި އިއުލާނެއް ޝާއިއުކޮށްފަ އެވެ.
ތަފްސީލު - މިއަދު ހަވީރު ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދު ދުއްވުން މަނާވުމުގެ އިތުރުން، ހަވީރު 4 އިން ރޭގަނޑު 11:30އަށް ބަރު އުޅަނދު ދުއްވުމަކީ ވެސް މަނާ ކަމެއް ކަމަށް މިނިސްޓްރީގެ އެންގުމުގައި ބުނެފައިވެ އެވެ.
ނަމަވެސް، މި ވަގުތުތަކުގައި ފަސް ބާވަތެއްގެ އުޅަނދަށް އިސްތިސްނާ ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
-
1-
ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
-
2-
އެމްބިއުލެންސް
-
3-
ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކުރެވިފައިވާ އުޅަނދު
-
4-
އާންމު ދަތުރުފަތުރުގެ ގޮތުގައި ދެމުން އަންނަ ބަހުގެ ހިދުމަތް
-
5-
ފުރާ މީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް
-
6-
އީދު ދުވަހުގެ މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތައް
މި އެންގުމާ ހިލާފުވާ ފަރާތްތަކާ މެދު އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. އެ ދެ މާއްދާގެ ދަށުން:
-
އުޅަނދު ހިފަހައްޓައި ޓޯ ކުރުމުގެ ބާރު ފުލުހުންނަށް ލިބޭ
-
750ރ. އިން ފެށިގެން ޖޫރިމަނާ ވެސް ކުރެވޭނެ