މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަން ހުރި މޭވާ އާއި ތަރުކާރީ (ދައުރު ފޮޓޯ)
ތަރުކާރީ އާއި މޭވާގެ އަގު ހެޔޮކުރަން މަސައްކަތް އެބަ ކުރަން: ރައީސް
ރާއްޖެއިން ތަރުކާރީއާ މޭވާ ހެޔޮ އަގެއްގައި ލިބެން ހުންނަ ގޮތް ހަދަން މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ 'ރައްޔިތުންނާ އެކު ޕޮޑްކާސްޓް'ގެ ނަމުގައި މިއަދު ފެށި ޕޮޑްކާސްޓުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އޭނާ ރައީސްއާ ސުވާލުކުރީ މޭވާ އާއި ތަރުކާރީއަށް ސަބްސިޑީއެއް ދިނުމުގެ ވިސްނުންފުޅެއް ގެންގުޅުއްވަންތޯ އެވެ.
ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އިތުރު ސަބްސިޑީއެއް ދިނުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ. އެކަމަކު އެތަކެތި އަތްފޯރާ ފަށުގައި ހެޔޮ އަގުގައި ލިބޭ ގޮތް ހަދައިދޭން މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ތަރުކާރީ އާއި މޭވާ ކޮންމެ ދުވަހަކު ވެސް ބޭނުންކުރުމަކީ ސިއްހަތަށް ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެކަމަކު އެތަކެތި ގިނަ މީހުން ބޭނުން ނުކުރަނީ އަގުބޮޑުވުމުން ކަމަށް ވިދާޅުވި އެވެ.
އެހެންވެ ތަރުކާރީ އާއި މޭވާ އަގުހެޔޮކުރަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެެެރޭގައި ރައީސް ވިދާޅުވީ:
-
ރާއްޖެއިން ބޭރުން ގެންނަ މޭވާ އާއި ތަރުކާރީގެ ތެރެއިން ދިވެހިން އެންމެ އާންމުކޮށް ބޭނުންކުރާ ތަކެތި ރާއްޖޭގައި ހައްދައިގެން މާކެޓަށް ނެެރުން
-
އެސްޓީއޯ މެދުވެރިކޮށް މޭވާ އާއި ތަރުކާރީ އެތެެެރެކޮށް ހެޔޮ އަގެއްގައި ލިބެން ހުންނާނެ ގޮތް ހެދުން
"އެހެންވީމާ އެކަހަލަ ގޮތްތަކަކުން ކަންނޭނގެ އަޅުގަނޑުމެން ވާނީ ތަރުކާރީ އާއި މޭވާގެ އަގު ތިރިކޮށްދީ ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުން،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (3)
ކާޅު
ސިކުނޑި
ނަސްމި