ޑީބީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވާހަކަދައްކަަވަނީ. (ފައިލް ފޮޓޯ/ރައީސް އޮފީސް)
ޑިވެލޮޕްމެންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯއަކަށް ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް އިސްތިއުފާދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ ޕްރައިވެޓަޒައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ ނޮއެލް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށެވެ.
ނޮއެލް އިސްތިއުފާ ދެއްވި ސަބަބެއް ޕީސީބީއަކުން ހާމައެއް ނުކުރެ އެވެ.
ނޮއެލްގެ ތައާރަފެއް:
-
ގްރީން އިންވެސްޓުމެންޓުގެ ދާއިރާގައި ފާހަގަ ކުރެވޭ މަސައްކަތްތައް ކުރައްވާފައިވޭ
-
ސައުދީ އަރަބިއްޔާގެ ނެޝަނަލް އިންފްރާސްޓްރަކްޗާ ފަންޑުގެ ޗީފް އިންވެސްޓުމެންޓު އޮފިސަރުގެ ގޮތުގައި މަސައްކަތް ކުރެއްވި
-
އިލެކްޓްރިކް ވެހިކަލް އެފްރިކާ ފަންޑުގެ ޗެއާ
-
ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ކްލީން އެނާޖީ ޕްރޮޖެކްޓުތައް މެނޭޖު ކުރައްވާ
-
އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވާސިޓީން މެނޭޖުމެންޓު ސްޓަޑީސްގެ ދާއިރާ އިން މާސްޓާސް އޮފް ފިލޯސޮފީ ހާސިލް ކުރައްވާފައިވޭ
ޑީބީއެމްގެ ޗެއާމަންގެ މަގާމަށް ވެސް ހަމަޖައްސާފައިވަނީ ބޭރުގެ ބޭފުޅެކެވެ. އެއީ މާލީ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަރުނީ ގުންޓަލީކެވެ.
ތަފްސީލް - ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭ ހިމެނިގެން ޑިވެލޮމެންޓު ބޭންކެއް ގާއިމްކޮށް، އެ ބޭންކު ހިންގާ އިމާރާތް ރަސްމީކޮށް ހުޅުވީ މިދިޔަ 16 ނޮވެމްބަރުގަ އެވެ.
ބޭންކު ރަސްމީކޮށް ހުޅުވި ނަމަވެސް އެ ތަނުގެ މަސައްކަތްތައް އަދި ފަށާފައެއް ނުވެ އެވެ.
ނަމަވެސް، ޑީބީއެމް ހަދައި އެ ތަނުގެ އިންސްޓިޓިއުޝަނަލް ސެޓްއަޕް ގާއިމް ކުރުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިފަހުން ވިދާޅުވެފަ އެވެ.
އެނގުން މުހިއްމު - މި ބޭންކް ހުޅުވުމަށް ސަރުކާރުން ނިންމީ ރާއްޖޭގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމަށް ހުރި މާލީ އަދި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމުގެ ބޭނުމުގަ އެވެ. އެގޮތުން:
-
މި ބޭންކުން ދިގު މުއްދަތުގެ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމާއި އިގްތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭނެ
-
ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންތައް ގެނައުމަށް މަސައްކަތް ކުރާނެ
ކޮމެންޓް (2)
ނޫމަޑިއަށް ލާރިއަށް ހެކިބަސް ވިއްކައިދޭ ކަލޭގެ
ސިކުނޑި