ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މިދިޔަ އަހަރު އީދު ސަލާމް ކުރައްވަނީ - (ފޮޓޯ/ ރައީސް އޮފީސް)

ކުޑަ އީދު 2025

ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ހެނދުނު މުލިއާގޭގައި

ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާންމުންނާ އީދު ސަލާމް ކުރެއްވުން އޮންނާނީ މުލިއާގޭގައި ފިތުރު އީދު ދުވަހުގެ ހެނދުނު 9:00އިން 11:00 އަށް

މި އަހަރުގެ ފިތުރު އީދު ދުވަސް ނުވަތަ ކުޑަ އީދުގައި ރައީސް މުހައްމަދު މުއިއްޒުގެ ދެކަނބަލުން އީދު ސަލާން ކުރެއްވުން އީދު ދުވަހުގެ ހެނދުނު މުލިއާގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ވީކިހިނެއް؟ - ކުޑަ އީދު ވާނީ މި މަހުގެ 30 ނުވަތަ 31ވަނަ ދުވަހަށެވެ. އެ ދުވަހު ރައީސްގެ ދެ ކަނބަލުންގެ އީދު ސަލާމް ކުރެއްވުން ބާއްވާ ވަގުތާއި ތަނުގެ ތަފްސީލް، ރައީސް އޮފީހާ ހަވާލާދީ ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ވަނީ ހާމަކޮށްފަ އެވެ.

ތަފްސީލް - ޕީއެސްއެމް އިން ބުނި ގޮތުގައި ރައީސް މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާންމުންނާ އީދު ސަލާމް ކުރެއްވުން، ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި އޮންނާނީ:

  •  ފިތުރު އީދު ދުވަހުގެ ހެނދުނު 9:00އިން 11:00 އަށް

  • މުލިއާގެއަށް ވަދެވޭނީ މެދުޒިޔާރަތް މަގަށް ހުންނަ މުލިއާގެ ބޮޑު ދޮރޯށިން

"އީދު ސަލާމްކުރެއްވުމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު، އެންމެހާ ރައްޔިތުންނަށާއި ދައުލަތުގެ ވެރިންނަށާއި، ސަރުކާރު ކުންފުނިތަކާއި އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އެކި އެކި މަންދޫބުންނަށް ރައީސްގެ ދެކަނބަލުން ދައުވަތު އަރުވާ ކަމަށް ރައީސް އޮފީހުން ވިދާޅުވި،" ޕީއެސްއެމުން ބުންޏެވެ.

ފާހަގަކޮށްލެވޭ - މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު ވެސް ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ބޭއްވީ މުލިއާގޭގަ އެވެ. އެ ފަހަރު ގަޑިއިރަކަށް އީދު ސަލާމްކުރެއްވުން ބޭއްވިއިރު، މި ފަހަރު އީދު ސަލާމްކުރެއްވުން ބާއްވަނީ ދެ ގަޑިއިރަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް