ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝާހިދު އައްޔަންކުރެއްވި ކަމުގެ ލިއުން ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ(ފޮޓޯ ރައީސް އޮފީސް)

ސުޕްރީމް ކޯޓު

ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަހީދު އައްޔަންކުރައްވައިފި

އެ ކޯޓަށް މިއަދު ޝާހިދު އައްޔަންކުރެއްވުމާއެކު، އެ ކޯޓުގައި ހުއްޓިފައި އޮތް މަޖިލިސް މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ ކުރިއަށް ގެންދެވޭނެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހުސައިން ޝަހީދު މިއަދު އައްޔަންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ މި މަހު 4 ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ކުރިމަތިލެއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދިނީ ޝަހީދު އައްޔަން ކުރުމަށެވެ. އެއަށް ފަހު އޭނާ އެ މަގާމަށް އައްޔަންކުރަން ރަައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ރުހުންދީފަ އެވެ.

ތަފްސީލް - ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި ހުންނެވި ޝާހިދު ސުޕްރީމް ކޯޓަށް ރައީސް މުއިއްޒު އައްޔަަންކުރެއްވީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ. ޝަހީދު ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ. އަދި ބައެއް ރަށްރަށުގެ ކޯޓުތަކުގެ މެޖިސްޓްރޭޓްކަން ވެސް އޭނާ މީގެ ކުރިން ކުރެއްވި އެވެ.

އެނގުން މުހިންމު - ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގެ ބެންޗުން ސުއޫދު އިސްތިއުފާ ދެއްވީ، ސުއޫދު ހިމެނޭހެން ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފަށައި މަގާމުގެ މަސްއޫލިއްްޔަތުތަކުން ދުރުކުރުމުންނެވެ. އޭގެތެރެއިން ދެ ފަނޑިޔާރަކު މިވަގުތު ވެސް ތިއްބެވީ ސަސްޕެންޝަނުގަ އެވެ. ސަސްޕެންޝަނުގައި ތިއްބެވުމުން އެ ކޯޓުގައި ބަލަމުން ދިޔަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑީގެ މައްސަލަ އޮތީ ހުއްޓިފަ އެވެ.

ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށެވެ. އެހެންކަމުން އެ ކޯޓަށް މިއަދު ޝާހިދު އައްޔަންކުރެއްވުމާ އެކު، މިހާރު އެ ކޯޓުގައި ތިއްބެވި ހަތަރު ފަނޑިޔާރުންނާ އެކު އެ މައްސަލަ ކުރިއަށް ގެންދެވޭނެ އެވެ.

ކޮމެންޓް (1)

ތެފައާސާ.

19 މާރިޗު 2025
ފަނޑިޔާރުން ނުހައްގުން ފްރޭމްކޮށްގެން ސަސްޕެންޑުކޮށް، ސުޕްރީމް ކޯޓުން ބަލަމުން އައި ދުސްތޫރީ މައްސަލައެއް ހުއްޓުވާލައި ސުޕްރީމް ކޯޓު ޕެރެލައިޒުކުރި މައްސަލަ ބަލައި ތަހުގީގުކޮށް މި އަމަލުގައި ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވި އެންމެންނަށް ހައްގުވާ އަދަބެއް ދޭންވާނެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް