ބީއެމްއެލް އިސްލާމިކުން މަމްސް އެއިޑަށް ފައިސާ ހަދިޔާ ކުރުން. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ކުދިން ސްކޫލަށް ފޮނުވަން އެހީވާން ބީއެމްއެލްއިން ލައްކައެއް ހަދިޔާކޮށްފި

މި ފައިސާ ހަދިޔާކުރީ ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގާ 'ބެކް ޓު ސްކޫލް' ކެމްޕޭނަށް
18 މާރިޗު 2025
1

މަމްސް އެއިޑްގެ ކެއާ ލިސްޓުގައި ހިމެނޭ އާއިލާތަކުގެ ތެރެއިން ދިރާސީ އާ އަހަރު ފެށޭއިރު ސްކޫލަށް ތައްޔާރު ކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކުގެ ކުދިންނަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގާ 'ބެކް ޓު ސްކޫލް' ކެމްޕޭނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކުން 100،000ރ. ހަދިޔާކޮށްފި އެވެ.

ތަފްސީލް - ބީއެމްއެލް އިން މިއަދު ބުނީ މި އެހީގެ ދަށުން 100 ދަރިވަރަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އިޖުތިމާއީ އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އަބަދު ވެސް އިސްކަންދެ އެވެ.

މީގެ އިތުރުން، ބީއެމްއެލް އިން ވަނީ މަމްސް އެއިޑުން ހިންގި އެކި ހަރަކާތްތަކަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން، މި ރޯދަ މަހު އަސާސީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ އާއިލާތަލަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަމްސް އެއިޑުން ހިންގި ކެމްޕޭނަށް ބޭންކުގެ މުވައްޒަފުން ވަނީ އަމިއްލަ ގޮތުން އެހީތެރިވެދީފަ އެވެ.

އެނގުން މުހިންމު - ބީއެމްއެލް އިސްލާމިކުން އަންނަނީ ހިދުމަތަށް 10 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓް (1)

އޮޑިޓު

18 މާރިޗު 2025
އައިއޭސީގެ އޮޑިޓުވެސް ނެރެފި. ކޮބާ މަމްސްގެ އޮޑިޓު؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް