ކުނި މެނޭޖްކުރާ މަރުކަޒު ހަދަން ފެނަކައާ އެކު ހެދި އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު އެއްބަސްވުން ބަދަލުކުރަނީ: ޖުމްލަ ރަށުގެ މަސައްކަތް ވަނީ ހަވާލުކޮށްފައި (ފޮޓޯ/ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ)

ކުނީގެ މައްސަލަ

75 ރަށުގެ ކުނި މަރުކަޒު ހަދަން ސަރުކާރުގެ 3 ކުންފުންޏަކާ ހަވާލުކޮށްފި

މިނިސްޓްރީން ބުނީ ކުނި އެކަށީގެންވާ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ނެތް 109 ރަށެއްގެ މަސައްކަތް މިހާރު ހަވާލުކޮށްފައިވާ ކަމަށް
16 މާރިޗު 2025

އަތޮޅު ތެރޭގެ 75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ހެދުމަށާއި ބައެއް ރަށްރަށުގެ މަރުކަޒުތައް މަރާމާތުގެ ކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ "މަގޭ ސާފުރާއްޖެ ޕްރޮގްރާމް" ގެ ދަށުން 75 ރަށުގެ ކުނި މެނޭޖް ކުރާ ސެންޓަރު ހެދުމަށް އިއްޔެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެމްޓީސީސީ، އާރުޑީސީ އަދި ފެނަކަ ކޯޕަރޭޝަނާ އެކުގައި ކަމަށެވެ.

ތަފްސީލް - މިނިސްޓްރީން ބުނީ އިއްޔެ މަސައްކަތް ހަވާލުކުރި 75 ރަށާއެކު ޖުމްލަ 109 ރަށެއްގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވަނީ ހަތަރު ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. ދެން ހުރި ރާއްޖޭގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމް ހުރީ ރަނގަޅަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

މި އަހަރުގެ ފަހު ކުއާޓަރގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ކުނި މެނޭޖް ކުރުމުގެ ރަނގަޅު ނިޒާމެއް ގާއިމް ކޮށް ނިމޭނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

ފާހަގަކޮށްލެވޭ - މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ، 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

އެގޮތުން އެ މަގުސަދު ހާސިލުކުރުމަށް 34 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ހެދުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ވެސް މިދިޔަ ހަފްތާ ތެރޭ ހަވާލުކޮށްފައިވެ އެވެ. 

އަދި މިހާރު ކުނި އުކާލައި ނައްތާލުމަށް ބޭނުންވާ އާލާތްތަކާއި ކުނި އުފުލާނެ އުޅަނދުތައް، މިހާރު އެފަދަ ތަކެތި ނެތް ރަށްރަށަށް މި އަހަރުގެ ތެރޭގައި ފޯރުކޮށްދޭނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް