އަބްދުއްރަހީމް ފޮނަދޫގައި މިއަދު އިމާމުވެ ހުކުރު ކުރައްވަނީ

މަޖިލީހުގެ ރައީސްގެ އުފަން ރަށުގައި މިއަދު ހުކުރު ކުރެއްވީ އޭނާ

އަބްދުއްރަހީމް ހުކުރު ހުތުބާ ދެއްވާ މަންޒަރުގެ ފޮޓޯތައް ފޮނަދޫ މީހުން ދަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެ މަނިކުފާނުގެ އުފަން ރަށް ލ. ފޮނަދޫގައި އިމާމުވެ ހުކުރު ނަމާދު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލްކުރައްވާ މެންބަރު އަބްދުއްރަހީމް ރަށު މިސްކިތެއްގައި ހުކުރު ހުތުބާ ދެއްވާ މަންޒަރުގެ ފޮޓޯތައް ރަށު މީހުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.

އެނގުން މުހިންމު - ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް އުފަން ރަށް ފޮނަދޫގައި މި ވަގުތު ހުންނެވި އިރު އެ މަނިކުފާނާ ރައީސް މުހައްމަދު މުއިއްޒާ ވަނީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އެގޮތުން:

  • އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް ޓުއަރިޒަމް މިނިސްޓަރު ކަމުން ވަކިކުރެއްވި

  • ސަރުކާރުގެ ކުންފުނިތަކާއި ބައެއް އިސް މަގާމުތަކުގައި ތިއްބެވި އަބްދުއްރަހީމްގެ ބޭބޭފުޅުންނާއި ރަހުމަތްތެރިން ވަނީ ވަކިކޮށްފައި 

  • ޕީއެންސީ ހިންގުމުގެ ކަންކަން ވެސް އަބްދުއްރަހީމް އެކަހެެރިކޮށް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހާ ވަނީ ހަވާލުކޮށްފައި

ކޮމެންޓް (1)

އެންޑްރޫ

14 މާރިޗު 2025
އަދިވެސް ގުޅުން ގޯސްވި ވާހަކަތަ؟؟؟ ކީކޭތަ އޭނާ ކީ ހުތުބާގަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް