މާލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް. (ފޮޓޯ/އެންވަޔަރަމެންޓު މިނިސްޓްރީ)

މާލެ ސަރަހައްދުގައި އަވިން ކަރަންޓު އުފައްދަން އިތުރު ފުރުސަތެއް

މާލެ ސަރަހައްދުގައި 100-150 މެގަވޮޓާ ދެމެދުގެ ސޯލާ ޕީވީ ހަކަތަ އުފައްދާ ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތްކުރަން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު 19 މާޗަށް ވަނީ އިތުރުކޮށްފައި

މާލެ ސަރަހައްދުގައި ހިންގަން ރާވާފައިވާ ސޯލާ މަޝްރޫއަށް ބޭނުންވާ ސޯލާ ޕީވީ ހަކަތަ އުފައްދަ ޕްލާންޓު ގާއިމުކުރަން ޝައުގުވެރިކަން ފާޅުކުރުމުގެ މުއްދަތު އިއްޔެ އިތުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފައިވަނީ ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އަދި ޓްރާންސްފާ އުސޫލުން 100-150 މެގަވޮޓާ ދެމެދުގެ ސޯލާ ޕީވީ ހަކަތަ އުފައްދާ ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށެވެ.

ތަފްސީލު - އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ފިނޭންސުން ކުރިން އިއުލާންކުރީ 26 ފެބްރުއަރީގަ އެވެ.

އެ އިއުލާނާ އެކު އީއޯއައި ހުށަހަޅަން ހުޅުވާލި ފުރުސަތު މިއަދު މެންދުރު 1ގެ ނިޔަލަށް ހަމަވާއިރު، އިއްޔެ ކުރި އިއުލާނުގައި އެ ފުރުސަތު އަންނަ ބުދަ ދުވަހުގެ މެންދުރު 1 ޖެހުމާ ހަމައަށް ވަނީ އިތުރުކޮށްފަ އެވެ.

"އެއީ މިހާތަނަށް ގިނަ އަދަދެއްގެ ސުވާލުތަކެއް މި މިނިސްޓްރީއަށް ހުށަހަޅާފައިވާތީ އެ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީވުމާ އެކު ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުމަށް އެކަށީގެންވާ ވަގުތު ދިނުމަށެވެ،" މުއްދަތު އިތުރުކުރި ސަބަބު ސާފުކޮށްދެމުން ފިނޭންސުގެ އިއުލާނުގައި ބުނެފައިވެ އެވެ.

ގްރޭޓާ މާލެ ސަރަހައްދުގައި 100-150 މެގަވޮޓުގެ ސޯލާ މަޝްރޫއު ހިންގާ މަޝްރޫއަކީ ސޯލާ ޕީވީ ސަޕްލައި އަދި ގްރިޑުގެ ޑިމާންޑު ހަމަހަމަ ކުރުމަށް ބެޓަރީ ސްޓޯރޭޖު ސިސްޓަމެއް ހިމެނޭ ގޮތަށް ކުރިއަށެންދާ މަސައްކަތެކެވެ.

އެ މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް ފިނޭންސުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

އެނގުން މުހިންމު - ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ދަށުން ހިންގަން ހުއްދަ ދިން، އަވިން ކަރަންޓު އުފައްދާ ނިޒާމުގެ މަޝްރޫއު (ޕްރޮޖެކްޓް ސޯލާ ސިޓީ)ގެ އަމަލީ މަސައްކަތް ފަށަން ބޯޑް އޮފް އިންވެސްޓްމަންޓްސްއިން ވަނީ މިދިޔަ މަހު ހުއްދަ ދީފަ އެވެ.

އެސްއީޒެޑްގެ ދަށުން ފުރަތަމަ އިންވެސްޓްމަންޓް ހުއްދަ ދޫކުރީ 24 އޭޕްރީލް 2024ގަ އެވެ. އެއީ ކެނެޑާގެ އަބްރަޒާސް ޕަވަ ކޯޕް އާއި ސަންގްރޯ ޕަވާ ސަޕްލައި ކޯ ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކަށެވެ.

ދޫކޮށްފައިވާ ހުއްދައިގެ ދަށުން އަބްރަޒާސް ޕަވަ ކޯޕް ކުންފުންޏަށް:

  • ހުޅުމާލެއާ 4-5 ކިލޯމީޓަރު ދުރުގައި އޮންނަ ފަޅެއްގައި 100 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓެޔަކް ޕްރޮޖެކްޓެއް ހިންގޭނެ

  • އެ މަޝްރޫއުގެ ދަށުން ބެޓަރި ސްޓޯރޭޖާއި ހުޅުމާލޭގެ ގުރިޑާ ގުޅުވައިދޭ އިންޓަކަނެކްޝަން ސަބްމެރިން ކޭބަލެއް އަޅާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް