ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ މާލޭގައި ހިންގާ ސަލާމަތީ ކުއްލި އޮޕަރޭޝަންގައި ހެންވޭރުކޮޅު ގެޔަކަށް ވަދެ ފުލުހުން ފާސްކުރާ އިރު އެ ގޭގެ ތެރެއިން މީހަކު ފުލުހުންނާ މުއާމަލާތްކުރަނީ (ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް/ދައުރު)

ފުލުހުން

ކުއްލި އޮޕަރޭޝަންގައި 3 މީހަކު ހައްޔަރުކޮށްފި

ފުލުހުން ބުނީ ފާސްކުރަމުން އަންނަނީ އެ ތިން މީހުންނާ ގުޅުން ހުރި ތަންތަން ކަމަށް
11 މާރިޗު 2025
2

މިރޭ ސިފައިންނާއި ފުލުހުން ގުޅިގެން ފެށި ގައުމީ ސަލާމަތާ ބެހޭ ހާއްސަ ކުއްލި އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފި ކަމަށް، ފުލުހުން ދެންމެ ބުނެފި އެވެ.

ވީ ކިހިނެއް؟ - މި އޮޕަރޭޝަންގައި މާލެއިން ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއަކާއި ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއަކަށް ފުލުހުން ވަދެ މިހާރު ވެސް އަންނަނީ ފާސްކުރަމުންނެވެ.

ތަފްސީލް - ފުލުހުން އާންމުކުރި ކުރު ބަޔާނެއް ބުނީ މިހާތަނަށް ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

"އެ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއަށް ވަން ފުލުހުން ތިބީ މޫނު ނިވާކޮށްގެންނެވެ. އެގޭގެ ބިއްލޫރި ކުޑަދޮރަކުން އެެތެރެ ފެންނަ ބައެއް ފޮޓޯތައް 'ދައުރު'ގެ ރިޕޯޓަރު ނެގި އެވެ. ބައެއް ފޮޓޯތަކުން ފެންނަނީ ކަޅު ހެދުމެއްގައި މޫނު ނިވާކޮށް ހުރި އަންހެނަކު ފުލުހަކާ އަތުން މުއާމަލާތްކުރާ ތަނެވެ.

ގޭތެރޭގައި ފުލުހުން ހަރަކާތްތެރިވަނީ (ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް/ދައުރު)

ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އެގެއިން ފިރިހެނަކު ހައްޔަރުކޮށްގެން ވެސް ގެންދިޔަ އެވެ. 

ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއެއްގެ ތެރޭގައި ވެސް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ ގެ ހުންނަ ޝަބުނަމް މަގު އޮތީ ބަންދުކޮށްފަ އެވެ.

ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއެއް ފާސްކުރާއިރު ބޭރުގައި ފުލުހުން (ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް/ދައުރު)
ގަލޮޅު ދަނޑު ކައިރީގައި ހުރި ގެއެއް ފާސްކުރާއިރު ބޭރުގައި ފުލުހުން (ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް/ދައުރު)

ފުލުހުން ބުނީ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން އާންމުކުރަމުން ގެންދާނެ ކަމަށެވެ.

ފުލުހުން ފާސްކުރަމުން އަންނަ ގޭގެ ބޭރުގައި ސިފައިން (ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް/ދައުރު)
ހެންވޭރުކޮޅު ގެއެއް ފުލުހުން ފާސްކުރާއިރު އެގޭގެ އަންހެނަކު ވާހަކަ ދައްކަނީ (ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް/ދައުރު)

ކޮމެންޓް (2)

ތެފައާސާ.

11 މާރިޗު 2025
މަ ބުނީ ތި އޮޕަރޭޝަނުގެ ބައެއް ފޮޓޯތަކުން އެބަ ފެނޭ މޫނު ނިވާކޮށްގެން ތިބޭ ފުލުހުންގެ މޭމަތީގައި ނަމާއި ސާވިސް ނަންބަރު ޖަހާފައި އޮންނަތަން. އަސްލު މޫނު ނިވާ މިކުރަނީ ކީއްކުރާށޯ؟
2 0

ޙުސައިން

11 މާރިޗު 2025
ފޮޓޯ ނަގާލަން ރީތި އޭންގަލް ތަކެއް ލިިބިފައި ހުރީ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް