ގޯއްޗާއި ފްލެޓް މައްސަލައާ ގުޅިގެން 22 ޑިސެމްބަރު 2024ގައި ދަރުބާރުގޭގެ ކުރިމަތީ މުޒާހަރާ ކުރަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ފްލެޓް ލިސްޓަށް 3 ދުވަސް ތެރޭ 600އަށް ވުރެ ގިނަ ޝަކުވާ

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި، މިހާތަނަށް އެންމެ ގިނަ ޝަކުވާ ހުށަހަޅާފައިވަނީ ތިން ކޮޓަރީގެ ލިސްޓަށް؛ އެއީ 452 ޝަކުވާ

'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލިތާ ތިން ދުވަސް ތެރޭ 600އަށް ވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓު ލިބޭ މީހުންގެ ލިސްޓުގެ އިވެލުއޭޝަން ހެދުމަށް ފަހު، އެ ލިސްޓު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އާންމު ކޮށްފަ އެވެ. 

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މަސްދުވަސް ދީފައިވެ އެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މި މަހުގެ 31ގެ ނިޔަލަށެވެ.

ތަފްސީލް - ހައުސިން މިނިސްޓްރީން މިއަދު 'ދައުރު'އަށް ބުނި ގޮތުގައި، އެ ލިސްޓަށް މިހާތަނަށް 675 މީހަކު ޝަކުވާ ހުށަހަޅާފައިވެއެވެ. އެއީ:

  • ތިން ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ: 452 ޝަކުވާ

  • ދެ ކޮޓަރީގެ ފްލެޓް ލިސްޓާ ގުޅޭ: 223 ޝަކުވާ

މި ސަރުކާރުން އަލުން ބެލުމަށް ފަހު އާންމުކުރި ލިސްޓުގައި ޖުމްލަ 2695 ފޯމު ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާއިރު، 424 ފަރާތެއް ޕޮއިންޓަށް އައި ބަދަލާ އެކު ލިސްޓުން އުނިވެފައިވެ އެވެ. ހައުސިން މިނިސްޓަރީން ބުނެފައިވާ ގޮތުގައި، ޝަރުތު ހަމަނުވާ ކަމަށް ނިންމި ގިނި މީހުންގެ ތެރޭގައި ހިމެނެނީ މާލޭގައި 15 އަހަރު ދިރިއުޅުނުކަން ސާބިތުކުރަން ހުށަހެޅި ލިޔުމުގައި މައްސަލަ ހުރި މީހުންނެވެ.

އެނގުން މުހިންމު - ވެރިފިކޭޝަނަށް ފަހު މިނިސްޓްރީން އާންމުކުރި މައުލޫމާތަށް ބަލާއިރު:

  • ޖުމްލަ 4،939 ފޯމު ޗެކުކުރި

  • ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 75އަށް ވުރެ ގިނަ ޕޮއިންޓު ލިބުނީ 1،423 މީހަކަށް

  • ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 މީހުންގެ ތެރެއިން ޝަރުތު ހަމަވެ 73އަށް ވުރެ މަތިން ޕޮއިންޓު ލިބުނީ 397 މީހަކަށް

ކޮމެންޓް (6)

ނަޑީމް

4 މާރިޗު 2025
ދިވެހި ހުރިހާ ރައްޔިތުންނަށް ޝަކުވާ ހުށަހެޅޭގޮތަށްއިން ލިސްޓެއް މީގެކުރިން ނުދެކެން ދުވަހަކުވެސް، އެހެންވީމަ ތިއަދަދު އަދިއަރާނެ ވިހިހާހަށްވެސް
0 0

ސިކުނޑި

4 މާރިޗު 2025
ދެން ތިޔަ ޕޮއިންޓް ހަމަވެގެން ދޭއެއްޗެއް ދީފައި ބާކީ ހުންނަ ފްލެޓްތައް ކިހިނެތްތޯ ހަދަނީ؟! ކުރީގެ ލިސްޓުން އަނެއްކާވެސް ނަގަނީތޯ! އަލުން އިއުލާނު ކުރަނީތޯ؟ އަޅެ އެއްވެސްކަމެއ ދެކޮޅުޖެހޭގޮތައް ކުރާކަށް މިސަރުކާރަށް ހަމަނޭނގެނީތަ؟ އެ އެއްޗެއް ހޯދިގޮތައް އެ އެއްވެއް ދަންޏާ ރައީސް އޮފީހުގައި އިންނާނީ ހުސްގޮނޑިއެއް!!
2 0

ާަލިލީ

4 މާރިޗު 2025
@ސިކުނޑި ބާކީ ތިބި މީިހުނަށް ދެނީ!
1 0

ލިލީ

4 މާރިޗު 2025
@ސިކުނޑި ބާކީ ފްލެޓުތައް ދޭނީ 15،000 ފޯމު އިވެލުއޭޓުކޮށްފައި
1 0

ސިކުނޑި

4 މާރިޗު 2025
@ާަލިލީ ބާކީ ނެތެއްނޫންތޯ ޝަރުތު ހަމަވާ މީހެއް!!
0 0

ސިކުނޑި

4 މާރިޗު 2025
@ލިލީ ކިތަންމެ ވަރަކަށް އިވަލުއޭޓް ކުރިއަސް ޝަރުތު ހަމަނުވާ މީހުން ޝަރުތު ހަމައެއްނުވާނެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް