އިސްތިއުނާފް މައްސަލައެއްގެ ޝަރީއަތުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން

ބާ ކައުންސިލް

ކޯޓުތަކުގެ ގާނޫނުގެ އިސްލާހުން ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭނެ: ބާ ކައުންސިލް

ބާ ކައުންސިލުން ބުނީ އެ އެ އިސްލާހަކީ ގާނޫނުއަސާސީގެ ވަރަށް އަސާސީ ކަންކަމާ ވެސް ހިލާފަށް ފާސްކޮށްފައިވާ، މަގުސަދު ހާސިލުނުވާ އަދި ގައިރު ދުސްތޫރީ އިސްލާހެއް ކަމަށް

ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވޭ ގައިރު ދުސްތޫރީ އިސްލާހެއް ކަމަށާއި އެ އިސްލާހުން ހާސިލުކުރަން ބޭނުންވާ މަގުސަދު ސާފުނުވާ ކަމަށް ބާ ކައުންސިލުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނުއަސާސީގެ އިސްލާހުގެ މައްސަލަ ބަލަމުންދަނިކޮށް، އެ ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ދެ ފަނޑިޔާރުން ގިނަވެގެން 12 ދުވަސް ތެރޭ ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު ބަދަލު ކުރަން ހުށަހެޅި ބިލު ޕީއެންސީގެ 68 މެންބަރުންގެ ވޯޓާ އެކު މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ ނިންމުން ނިންމިތާ ކުޑަ ވަގުތުކޮޅެއް ތެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އެ ކޯޓުގެ ތިން ފަނޑިޔާރަކު މަގާމުން ސަސްޕެންޑްކޮށްފަ އެވެ.

ބުނީ ކީކޭ؟ - އެ އިސްލާހަކީ މަގުސަދު ހާސިލުނުވާ ގައިރު ދުސްތޫރީ އިސްލާހެއް ކަމަށް ބުނެ ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެއީ ގާނޫނުއަސާސީ އާއި ދުސްތޫރީ ހަމަތަކާ ވެސް ހިލާފު އިސްލާހެއް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ފަސް ދުވަސް ތެރޭ ރައްޔިތުންގެ މަޖިލީހަށް އަންގާ ގޮތަށް އެ އިސްލާހު ފާސްކޮށްފައި ވަނީ ވެސް ޖޭއެސްސީގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ:

  • އެ ބިލަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ވަރަށް އަސާސީ ކަންކަމާ ހިލާފު ބިލެއް ކަމަށް ދެކެން

  • ބިލަށް ބަލާއިރު އެ އިސްލާހު ހުށަހެޅި ސަބަބާއި ހާސިލުކުރަން ގަސްދުކުރާ މަގުސަދު ސާފުކޮށް އެނގޭކަށް ނެތް

ބާ ކައުންސިލުން ބުނީ އެ ބިލު ދަސްދީގުނުކޮށް ބިލު އިސްލާހުކުރަން އަލުން މަޖިލީހަށް ފޮނުވުމަށް އެ ކައުންސިލުގެ ފަރާތުން ރައީސް މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިފައިވާނެ ކަމަށެވެ.

ގާނޫނުއަސާސީގައި ފަނޑިޔާރުން ވަކިކުރުމަށް ކަނޑައަޅާފައިވާ އިޖުރާއަތާ ހިލާފަށް ގާނޫނުއަސާސީއަށް އިސްލާހު ގެނެސްފައިވާތީ ގާނޫނީ ފަންނުގެ ގާނޫނާ ހިލާފަށް ތަރުތީބުކުރެވޭ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކޮށްފައިވާ މެމްބަރުންނަށް ވެސް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް