މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

ޖުޑީޝަރީ ކޮމިޓީ

ސުޕްރީމް ކޯޓުގެ 2 ފަނޑިޔާރުން ވަކިކުރާ ބިލުގެ ކޮމިޓީ މިއަދު ހަވީރު ބާއްވަނީ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރާ ބިލުގެ ފުރަތަމަ ކިޔުން އިއްޔެ އިއްވިއިރު، ބިލު ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު. ބިލުގެ އިބްތިދާއީ ބަހުސް މިއަދު ފަށައި ބިލު ތަޅުމަށް ބަލައިގަތީ މިއަދު
25 ފެބްރުއަރީ 2025

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރާ ގޮތަށް ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދު ބަލައިގަނެ، ބިލު ދިރާސާކުރަން ފޮނުވި ކޮމިޓީގެ ބައްދަލުވުން މިއަދު ހަވީރު ބާއްވާ ގޮތަށް ނިންމައިފި އެވެ.

ވީ ކިިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ބިލު ހުށަހެޅުއްވީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެގޮތުން:

  • ބިލުގެ ފުރަތަމަ ކިޔުން އިއްވީ އިއްޔެ؛ ބިލު ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު

  • ބިލުގެ އިބްތިދާއީ ބަހުސް ފެށީ މިއަދު؛ ބިލު ތަޅުމަށް ބަލައިގަތީ މިއަދު

ތަފްސީލް - މަޖިލީހުގެ އިދާރާއިން ދެންމެ އާންމުކުރި ގޮތުގައި، ބިލު ދިރާސާކުރުމަށް ބާއްވާ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 4 ޖަހާއިރެވެ.

ސައްތާރު ހުށަހެޅުއްވި ބިލްގައި އޮތީ:

  • ސުޕްރީމް ކޯޓު އެކުލެވިގެން ވާނީ އުއްތަމަ ފަނޑިޔާރާ އެކު ފަސް ފަނޑިޔާރުންގެ މައްޗަށް

  • މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެ

  • ނަންތައް ހުށަހަޅާތާ ހަތް ދުވަހުގެ ތެެރޭގައި އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަންވާނެ

  • ފަނޑިޔާރުން ވަކިކުރުމާ އެކު ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން ހަތް ދުވަހުގެ ތެރޭ ކޮށް ނިންމަންވާނެ

  • ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ފިޔަވައި ދެން ތިބި ފަނޑިޔާރުންގެ މަގާމު ދެމިއޮންނާނެ

  • ވަކިކުރެވޭ ފަނޑިޔާރުންގެ އިނާޔަތްތަކާއި އިމްތިޔާޒުތައް ޖޭއެސްސީން ކަނޑައަޅާ ގޮތެއްގެ މަތިން ލިބިދޭންވާނެ

ފާހަގަކޮށްލެވޭ - ސައްތާރު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން އިއްޔެ އެއްވި އެވެ. އެ ބައްދަލުވުމުގައި ގިނަ މެންބަރުންތަކެއް ބިލާ ދެކޮޅު ހެދި ނަމަވެސް ބިލަށް ތާއީދުކުރަން ޕީއެންސީގެ ލީޑާޝިޕުން ރޭ ވަނީ މެންބަރުންނަށް އަންގައިފަ އެވެ.

އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިވާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން މި ހުށަހެޅީ، ޕާޓީން ވަކިކުރުމުން މެންބަރުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކޯޓުން ކުރިއަށް ގެންދަން ނިންމާފައި ވަނިކޮށެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަހުސްގައި ވެސް ޕީއެންސީގެ މެންބަރުން ވާހަކަ ދެއްކެވީ ސުޕްރީމް ކޯޓުގައި ކުރިއަށް އެދާ ޝަރީއަތުގައި ބައެއް ފަނޑިޔާރުންގެ ވާހަކަތައް ހުންނެވި ގޮތާއި، އެ މައްސަލަ ކުރިއަށް ގެންދަން ނިންމީތީ އެ ކަމަށް ފާޑުވިދާޅުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް