ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް

އަޒްމިރަލްދާގެ ފިރިކަލުން ލަތީފްގެ މައްސަލަ؛ ދައުވާކުރަން ގޮތެއް ނުނިންމައި 'ޕާކް'ކޮށްފައި

އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހެކި ހުރި ވަރުން ދައުވާކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ ނިންމުމަށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާ އެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަޝްވަރާތައް ފަށައި އެ މަރުހަލާގައި ވަނީ ޕާކްވެފައި
20 ފެބްރުއަރީ 2025
2

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު، އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލާގައި ވަކި ގޮތެއް ނުނިމި ފުލުސް އޮފީހުގައި ބާއްވާފައި އޮންނަަތާ ދެ މަހެއްހާ ދުވަސް ވެފައިވާކަން އެނގިއްޖެ އެވެ.

ވީކިހިނެއް؟ - މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަސާޖު ޕާލާއެއްގައި ހުންނެވި ކަމަށް ބުނެ ލަތީފް ހައްޔަރުކުރިކަން ފެންމަތިވީ މި ހަފުތާ ތެރޭގަ އެވެ. އެއީ އަޒްމިރަލްދާ ވެސް އިންނަވައިގެން ސުޕްރީމް ކޯޓުގެ ފުލް ބެންޗުން، ގާނޫނުއަސާސީ އިސްލާހުކުރި ގޮތުގެ ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލަން ފަށާފައި ވަނިކޮށެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހެކި ހުރި ވަރުން ދައުވާކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ ނިންމުމަށް، ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހާ އެކު ޑިއުޓީ ޕްރޮސެކިއުޝަންގެ މަޝްވަރާތައް ވަނީ ފަށައިފަ އެވެ. މިހާ ލަސްވަމުންދާ އިރު ވެސް މައްސަލަ ފައިލްނުކޮށް މި މަރުހަލާގައި މައްސަލަ ބޭއްވުމަށް ލަފާ ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ބުނީ ކީކޭ؟ - ސޯޝަލް މީޑިއާގައި ލަތީފް ހައްޔަރުކުރި ކަމާއި، އޭނާ ބަންދު ނުކުރުމަށް އެދި އަޒުމިރަލްދާ ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވަން އުޅުއްވި ކަމަށް ތުހުމަތުކޮށް އެކި ވާހަކަތައް ފެތުރެމުންދާތީވެ، ލަތީފް މިދިޔަ އަންގާރަ ދުވަހު "އެކްސް"ގައި ޕޯސްޓެއް ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އާންމުކޮށް ވެސް މަސާޖުކުރައްވާ ކަމަށެވެ. އަދި ހައްޔަކުރި ވާހަކަ އަކީ ވެސް ތެދެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭނާގެ އަނބިކަނބަލުން އަޒުމިރަލްދާ އޭނާ ދޫކޮށްލަން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި އަޒުމިރަލްދާއަށް އެކަން އެނގިވަޑައިގަންނަވާނީ ވެސް ކޯޓަށް ބަންދާ މެދު ގޮތެއް ނިންމަން ހާޒިރުކުރި ފަހުން ކަމަށް ލިޔުއްވާފައިވެ އެވެ.

ލަތީފް ވިދާޅުވެފައިވާ ގޮތުގައި އޭނާ ދޫކޮށްލީ ހެކި ނެތިގެން އެ ކަމަށް ފުލުހުން ކޯޓުގައި އިއުތިރާފުވެފައިވާތީ އެވެ.

"ކޯޓުގައި ފުލުހުން އިއުތިރާފުވެފައި ވަނީ މަ ކުށެއް ކުރިކަން ނުދެކޭ ކަމަށް. މީހަކު މީހަކަށް ނުފޫޒު ފޯރުވާކަށް ވަގުތެއް ނުވެސް ލިބޭ. އަދި ނުފޫޒެއް ފޯރުވާކަށް ނުވެސް ޖެހޭ،" ޑރ. ލަތީފްގެ ޕޯސްޓްގައިވެ އެވެ.

ފާހަގަކޮށްލެވޭ - މި ކަމާ ގުޅޭ ގޮތުން ފުލުހުންނާއި ޕީޖީ އޮފީހުން ވެސް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ. ފުލުހުންނާ ސުވާލުކުރުމުން ވެސް ބުނީ ބަލާލާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން 24 ގަޑި އިރުވީ އިރު ވެސް ހަބަރެއް ނުވެ އެވެ.

ކޮމެންޓް (2)

ކުރުނީސް

20 ފެބްރުއަރީ 2025
އައްބާހަކީ އަޒޫގެ ފްރެންޑެއް. ދެން ހުރީ ސަލީމު އެއީވެސް ބަޑީއެއް. ލަތީފު މައްޗަށް ދައުވާއެއް ނުކުރާނެ. ހުސައިން ޝަމީމް ހުރި ނަމަ ކުރީސް. މިހާރު ހުރީ ވަނދު ބަނބުކޭލެއްް ކަހަލަ ރޯނު އެދުރެކޭ ރަށުތެރޭ ކިޔާ އަޑުއިވޭ
6 4

ތެފައާސާ.

20 ފެބްރުއަރީ 2025
ވަރަށް މުއުތަބަރު ފަރާތަކުން އެނގުނު ގޮތުގައި ފުލުހުން މި ރެއިޑު ޖެހީވެސް ހަމަ ސީދާ ފަނޑިޔާރުގެ ފިރިކަލުންނަށް ޓާގެޓްކޮށްގެން. އެ ބުނާ މަސާޖުކުރާ ތަނަކާއިދެކޮޅަށްވެސް އެއްވެސް ފިޔަވަޅެއް ނާޅާ. އަދި ފަނޑިޔާރުގެ ފިރިކަލުންގެ މައްސަލައިގައި ވަކިގޮތެއް ނުނިންމައި "ޕާރކު"ކޮށްފައި ބޭއްވުމުގެ ބޭނުމަކީވެސް ފަނޑިޔާރަށް ނުފޫޒެއް ފޯރުވޭތޯ ބެލުން.
14 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް