މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ،ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސުޕްރީމް ކޯޓު

ޖާބިރުގެ ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ ކުލި ނުދައްކާ ހާލަތުގައި އަމަލުކުރާނެ ވަކި ގޮތްތަކެއް ކޮންޓްރެކްޓް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ނަމަ އިސްކަން ދޭން ޖެހޭނީ އެ ގޮތަށް އަމަލްކުރަން ކަމަށް
12 ފެބްރުއަރީ 2025
1

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްއިން ރިސޯޓްތަކުގެ ކުލި ނުދައްކާތީވެ މީރާއިން އަންގައިގެން އެ ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައި ހުކުމްކޮށްފި އެވެ.

ވީ ކިހިނެއް؟ - މީރާއިން އަންގައިގެން ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރީ ހއ. އަލިދު އާއި ކަނޑާލިފިނޮޅު އަދި ބިނާފުށި ރިސޯޓްގެ ކުއްޔާއި ޖޫރިމަނާ ފައިސާ ދައްކާފައި ނުވާ ކަމަށް ބުނެ އެވެ

ސިވިލް ކޯޓަށް ޔޮޓް ޓުއާސްއިން މައްސަލަ ހުށަހެޅުމުން މައްސަލަ ނިންމީ އެކައުންޓް ފްރީޒްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށެވެ. ހައި ކޯޓުން ވެސް އެ ހުކުމް ދެމެހެއްޓި އެވެ. ޔޮޓް ޓުއާސްއިން ދެން މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔަ އެވެ.

ތަފްސީލް - ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރީ ކުލި ނުދައްކާ ހާލަތުގައި އަމަލުކުރާނެ ވަކި ގޮތްތަކެއް ކޮންޓްރެކްޓް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ ނަމަ އިސްކަން ދޭން ޖެހޭނީ އެ ގޮތުގެ މަތިން އަމަލު ކުރުމަށެވެ. އެ ގޮތުން:

  • ޔޮޓް ޓުއާސްއިން ކުލި ނުދައްކައިފި ނަމަ އެންމެ ފުރަތަމަ އަރަނީ ލިކުއިޑޭޓަޑް ޑެމޭޖަސް؛ ވަކި މުއްދަތެއް ވަންދެން އެ ވަރު އަރާ

  • އެއްބަސްވުންތަކުގައި މި ހައްލުތައް ހިމަނާފައިވާއިރު އެ މަގު އިހުތިޔާރުނުކޮށް އެއްބަސްވުމުގެ ބޭރުން ހަދާފައިވާ ގަވާއިދަކުން އަމަލެއް ނުކުރެވޭނެ

  • ކޮންޓްރެކްޓް ބައިވެރިއަކީ ދައުލަތް ކަމުގައި ވިޔަސް މަދަނީ އެއްބަސްވުންތަކުގައި ކޮންޓްރެކްޓްގެ ވަކި ބައިވެރިއަކަށް ކޮންޓްރެކްޓްގެ ބޭރުން އޭނާގެ ހައިސިއްޔަތުގެ ސަބަބުން އިތުރު އިސްކަމެއް ނުވަތަ އިތުރު ފައިދާއެއް ނެތުން

ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރީ ގޯސްކޮށް ކަމަށް އެންމެ މަތީ ކޯޓުން ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންނަކީ:

  • ޑރ. އަޒްމިރަލްދާ ޒާހިރު (ރިޔާސަތު)

  • ޑރ. މުހައްމަދު އިބްރާހީމް

  • އައިޝާ ޝުޖޫން މުހައްމަދު


ކޮމެންޓް (1)

ހަލޯ

13 ފެބްރުއަރީ 2025
އެހެންވީމާ އަލުން ރަނގަޅަށް ފްރީޒްކޮއްލާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް