ބަަލަމުންދަނީ ތ. ވިލުފުށި ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް.

ސިހުރު

ވިލުފުށީ ކެފޭއަކަށް ސިހުރު ހެދި މައްސަލައެއް ބަލަނީ

ފުލުހުން ބުނި ގޮތުގައި ރޭގެ ވަގުތެއްގައި އެ ރަށު ކެފޭއެއްގެ ކުރިމައްޗަށް ސިހުރު ހަދާފައިވާ ކަމަށް ބެލެވޭ އެއްޗެހިތަކެއް އަޅާފައިވޭ

ތ. ވިލުފުށީގައި ހުންނަ ކެފޭއަކަށް ސިހުރު ހެދި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަން ފަށައިފި އެވެ.

ތަފްސީލް - ފުލުހުން މިއަދު ބުނީ ތަހުގީގުކުރަން ފަށާފައިވަނީ ސިހުރު ހަދާފައިވާ ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އެ ރަށު ކެފޭއެއްގެ ކުރިމައްޗަށް އެޅި މައްސަލައެއްގައި ކަމަށެވެ. ނަމަވެސް، އެ ކެފޭއާ ބެހޭ މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 12:05 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް