ހުޅުމާލޭގައި ހުންނަ ކެފޭއެއްގެ ބޭރު: ރޯދަމަހު ކެފޭ/ރެސްޓޯރެންޓްތަކުގެ ވިޔަފާރި ގަޑިތައް ވަނީ ކަނޑައަޅާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ރޯދަމަހު ކެފޭ/ރެސްޓޯރެންޓް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ދަންވަރު 3:00 އަށް
އަންނަ ރޯދަމަހު ކެފޭ/ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިއުލާނުކޮށްފި އެވެ.
ވީ ކިހިނެއް؟ - އިކޮނޮމިކް މިނިސްޓްރީން މިއަދު ވަކިވަކިން ކުރި ދެ އިއުލާނުގައި ވަނީ ރޯދަމަހާއި ޝައްވާލް ހަމުގެ ފުރަތަމަ 7 ދުވަހު އެތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އާންމުކޮށްފަ އެވެ.
ތަފްސީލް - އެގޮތުން ރޯދަމަހު:
-
ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00އާ ދެމެދު؛
-
މި މަހު 15އިން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަސް ނިމެންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00އާ ދެމެދު
ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު:
-
ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00އާ ދެމެދު
ކަލަންޑަރުގައި އޮތް ގޮތުން މުލަރޯދަ ވާނީ 1 މާޗު އަށެވެ. ރޯދަމަހަށް މިހާރު ވެސް އާންމުން އަންނަނީ ގޭގެއަށް ބޭނުންވާ ސާމާނު ގަނެ، ތައްޔާރުވަމުންނެވެ.