ރ. މީދޫ މަގުމަތި: އެ ރަށުގައި ފުލުހަކާއި ކުޑަކުއްޖަކާ ދެމެދު ވަނީ ހަމަނުޖެހުމެއް ހިނގައިފި - (ފޮޓޯ/ ވިޒިޓް ރާ މީދޫ އިންސްޓަގްރާމް)

މާރާމާރީ

ރ. މީދޫގައި ކުޑަކުއްޖަކާއި ފުލުހަކާ ދެމެދު ހަމަނުޖެހުމެއް ހިނގައި، ފުލުހުން މައްސަލަ ބަލަނީ

18 އަހަރު ނުފުރޭ ކުއްޖަކު ފުލުހަށް ނުކިޔަމަންތެރިވެ ހަމަނުޖެހުން ހިންގައި ހަމަލާ ދިން ކަމަށް ފުލުހުން ތުހުމަތުކުރޭ؛ ކުއްޖާގެ އާއިލާއިން ތުހުމަތުކުރަނީ ކުއްޖާއަށް އޮފިސަރު އަނިޔާކުރި ކަމަށް
8 ފެބްރުއަރީ 2025

ރ. މީދޫގައި ކުޑަކުއްޖަކާއި ފުލުހަކާ ދެމެދު ހަމަނުޖެހުމެއް ހިނގައި އެކަކު އަނެކަކަށް ހަމަލާދީފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެ ކަން ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ތަފްސީލް - ހާދިސާ ހިނގި ކަމަށް ފުލުހުން ބުނެފައިވަނީ:

  • މަގުމަތީގައި އަޑުގަދަކޮށް އުޅުނު ކުދިބަޔަކު އެގޮތަށް އެކަން ނުކުރަން އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތް ދިން

  • އެ ކަން ނުހުއްޓާނެ ކަމަށް ބުނެ ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާކުރަން ވެސް ދެކޮޅުހަދާފައިވޭ

  • ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އެދުމުން އެ ތަނުން އެއް ކުއްޖަކު ހަމަނުޖެހުން ހިންގައި، ފުލުސް އޮފިސަރަށް ހަމަލާދީފައިވޭ

  • ފުލުސް އޮފިސަރަށް ހަމަލާ ދިން ކުއްޖާއަށް ފުލުސް އޮފިސަރު އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތުކުރޭ

ކުއްޖާގެ އުމުރެއް ފުލުހުން ނުބުނެ އެވެ. ސުވާލުކުރުމުން ބުނީ 18 އަހަރު ނުފުރޭ ކުއްޖެއް ކަމަށެވެ.

ފުލުހުން ބުނީ ހަމަނުޖެހުމާ ބެހޭ ތަހުގީގު  ކުރަމުން އަންނަ ކަމަށެވެ. ކުއްޖާ ކޮންޓްރޯލް ކުރުމުގައި އޮފިސަރު އަމަލުކުރި ގޮތުގެ ރިވިއުއެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް އިން ހަދަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް