ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން އެ ރަށު ކައުންސިލާއި ސަރުކާރު މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ހިންގި 'ހެލްޕް ގާޒާ - ދިވެހިން ހަނދާނެއް ނުނެތޭ' ހަރަކާތް. (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން ގާޒާއަށް 260،800ރ. އެއްކޮށްފި

'ހެލްޕް ގާޒާ - ދިވެހިން ހަނދާނެއް ނުނެތޭ'ގެ ނަމުގައި ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ހިމަންދޫ ކައުންސިލާއި ސަރުކާރު މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ވެސް ވަނީ ބައިވެރިވެފައި
5 ފެބްރުއަރީ 2025

އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން އެކި ފަރާތްތަކާ ގުޅިގެން ފަލަސްތީނުގެ ގައްޒާ ރައްޔިތުންނަށް އެހީވާން 260،800ރ. އެއްކޮށްފި އެވެ.

ތަފްސީލު - ސްޓެލްކޯއިން މިއަދު ބުނި ގޮތުގައި، މިއީ ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން އެ ރަށު ކައުންސިލާއި ސަރުކާރު މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ހިންގި 'ހެލްޕް ގާޒާ - ދިވެހިން ހަނދާނެއް ނުނެތޭ' ހަރަކާތުގެ ދަށުން އެއްކުރި ފައިސާ އެވެ.

ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން އިސްނަގައިގެން އެ ރަށު ކައުންސިލާއި ސަރުކާރު މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތައް ގުޅިގެން ހިންގި 'ހެލްޕް ގާޒާ - ދިވެހިން ހަނދާނެއް ނުނެތޭ' ހަރަކާތް. (ފޮޓޯ/ސްޓެލްކޯ)

އެ ހަރަކާތުގައި އެއްކުރި 260،800ރ.ގެ ތެރެއިން 126،560ރ. އަކީ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާ އެވެ.

"މިފަދަ އިޖުތިމާއީ ހިދުމަތުގެ މަސައްކަތްތަކުގައި މި ކުންފުނީގެ މުވައްޒަފުން އަމަލީ ގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި އަޅުގަނޑުމެން ފަހުރުވެރިވެ، އެ ފަރާތްތަކަށް އިހުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން،" ސްޓެލްކޯއިން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް