ފުލުހުން ބަލައި ފާސްކޮށް ޓެކްސީގެ ތެރެއިން އަތުލައިގަތް ޑުރަގުތައް
ޓެކްސީއެއްގެ ތެރެއިން ގިނަ އަދަދެއްގެ ޑުރަގްތަކެއް އަތުލައިގެންފި
މާލޭގައި މިރޭ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ޑުރަގު ފުލުހުން އަތުލައިގެންފި އެވެ.
ވީ ކިހިނެއް؟ - ގިނަ އަދަދެއްގެ ޑުރަގު ފެނިފައި ވަނީ ބުރުޒުމަގުން ދިޔަ ޓެކްސީއެއް ފުލުހުން ހުއްޓުވާ ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. އެގޮތުން އެ ޓެކްސީގެ ޑިކީގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ ޑުރަގު ފުލުހުން ނަގާ މަގުމަތީ އަތުރާފައި ހުރި މަންޒަރު ވަނީ އާންމުންނަށް ފެނިފަ އެވެ.
ބުނީ ކީކޭ؟ - ފުލުހުން ބުނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ފުލުުހުން މާލޭގައި ހިންގަމުން ދާ ކަމަށާއި ބަޔަކު ހުއްޓުވާ ފާސްކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލް ފަހުން ހާމަ ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - މިފަހުން ވަނީ ރާއްޖެއަަށް އެތެރެކުރި300 ކިލޯގެ ޑުރަގުވެސް އަތުލައިގެންފަ އެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރި ހުރިހާ ދިވެހިން ވަނީ ހެކި ނެތިގެން ކޯޓުން ސަލާމަތްވެފަ އެވެ.