މާލޭގައި ސިނގިރޭޓް ތައްޔާރުކުރާތަނެއް ފާސްކޮށް ފުލުހުން މިރޭ އެތަނުގެ ތެރެއިން ބައެއް ތަކެތި ބެލުމުގެ ދަށަށް ގެންދަނީ (ފޮޓޯ/ދައުރު)
މާލޭގައި ފުޅާދާއިރާއެއްގައި ސިނގިރޭޓް އުފައްދައި ތައްޔާރުކުރާ ކަމަށް ތުހުމަތު ކުރެވޭ ތަނަކަށް ފުލުހުން މިރޭ ވަދެ އެތަނުން ގިނަ އަދަދެއްގެ ސާމާނު ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިރޭ ވަދެ ހުއްޓުވާފައި ވަނީ ކަރަންކާ މަގުގައި ހުންނަ ހ. ހުޅުގަލީގެ ފުރަތަމަ ފަންގިފިލާގެ ބައެއްގައި ހިންގަމުން ދިޔަ ސިނގިރޭޓް ތައްޔާރުކޮށް، ބަންދުކުރަމުން އައި ތަނެކެވެ. ފުލުހުން އެ ތަނަށް ވަދެ ފާސްކުރަން ފެށީ މިރޭ ގާތްގަނޑަކަށް 7:30 އެހާއިރުން ފެށިގެންނެވެ.
ފުލުހުންގެ ބަސް - ފުލުހުން ބުނީ މާލޭގައި ހިންގާ އަމިއްލަ ކުންފުންޏެއްގެ އޮފީހެއްގައި ސިނގިރޭޓް އުފައްދާކަމަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތަނެއް ފާސްކުރަމުން ގެންދާ ކަމަށެވެ.
އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ތަފްސީލް - އެ ސަރަހައްދުގައި ހުރި 'ދައުރު'ގެ ނޫސްވެރިޔާ ބުނި ގޮތުގައި، އެ އޮފީހުގެ ތެރެއިން ބޮޑެތި ކަޅު ފޮށިތަކެއް ނެރެ ފުލުހުންގެ ޕިކަޕަކަށް ދަނީ އަރުވަމުންނެވެ.
އެނގިފައިވާ ގޮތުގައި، އެ އޮފީހުގެ ތެރޭ ތައްޔާރު ކުރާ ސިނގިރޭޓް ބުރޭންޑަށް ކިޔަނީ އެޗްޑީ އެވެ. އެ ސިނގިރޭޓް ހުންނަނީ ރާއްޖެއަށް އިމްޕޯޓް ކުރާ އެކި ބާވަތްތަކުގެ ސިނގިރޭޓް ހުންނަ ޕެކިންގައި ބަންދުކޮށް ވަރަށް ރީއްޗަށް ލޭބަލް ވެސް ކޮށްފަ އެވެ. އަދި އެ ބްރޭންޑުގެ ސިނގިރޭޓް ވިއްކަނީ ބާޒާރުގައި ވިއްކާ އެހެން ސިނގިރޭޓްތަކަށް ވުރެ އަގު ހެޔޮކޮށެވެ.
ކޮމެންޓް (2)
ޕައްލަންބެ
އެނގޭމީހާ