އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ، ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އާއި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު އަޅުއްވައި ދެއްވަނީ - (ފޮޓޯ/ ރައީސް އޮފީސް)

ހއ. އިހަވަންދޫ

އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި، މެއި މަހު މަޝްރޫއު ފަށަނީ

ރައީސް މުހައްމަދު މުއިއްޒު އިހަވަންދޫގައި ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ސަރުކާރުން އެ ތަން އަޅަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އެހީގައި، 474 މިލިއަން ރުފިޔާއަށް

ހއ. އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލްކްސްއެއް އެޅުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އެ ތަނުގެ ބިންގާ މިއަދު އަޅައިފި އެވެ.

ވީކިހިނެއް؟ - ފިޝަރީޒް ކޮމްޕްލެކްްސްގެ ބިންގާ އެ ރަށުގައި މިއަދު އެޅީ، ހއ. އަތޮޅުގެ ރަށްރަށަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އިހަވަންދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެެއްގަ އެވެ.

އެ ތަނުގެ ބިންގާ އަޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އާއި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު އެވެ.

ތަފްސީލް - ރައީސް މުއިއްޒު އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި ސަރުކާރުން އެ ތަން އަޅަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެހީގަ އެވެ. އެގޮތުން:

  • ކޮމްޕްލެކްސްގެ ފެސިލިޓީތައް އެޅުމަށް 416 މިލިއަން ރުފިޔާ ހަރަދުވޭ

  • މަޝްރޫއުގައި ހިމެނޭ ބަނދަރު އެޅުމަށް 58 މިލިއަން ރުފިޔާ ހަރަދުވޭ

  • މެއި މަހު އަމަލީ މަސައްކަތް ފަށާނެ؛ 18 މަސް ތެރޭ މަސައްކަތް ނިންމަން ޖެހޭ

ފިޝަރީޒް ކޮމްޕްލެކްސްގައި ހިމެނެނީ:

  • 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް

  • 50 ޓަނުގެ ބްރައިން ފްރީޒް ފެސިލިޓީއެއް

  • އޮފީސް އިމާރާތް އަދި އިންޖީނުގެ

  • ވެހިކަލް ވޯކްޝޮޕް އަދި ގުދަނެއް

  • 3.5 މީޓަރުގެ ފުން، 3 ޕޮއިންޓުން މަސް ކިރޭ ބަނދަރެއް

  • 30 މީޓަރުގެ ދިގު މަގަތު ފާލަން

މަސްވެރިކަމަށް މަޝްހޫރު އިހަވަންދޫގެ މަސްވެރިންނަށް އެ ކޮމްޕްލެކްސްގެ ސަބަބުން ގިނަ ފައިދާތަކެއް ވުމުގެ އިތުރަށް 150އެއްހާ ވަޒީފާ އުފެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.


ކޮމެންޓް (1)

ސިކުނޑި

29 ޖެނުއަރީ 2025
ތިޔަކަން އިސްލާމިކް ބޭންކްގެ މީހަކަށް އެނގޭހެނެއް ހިޔެއްނުވޭ! އެހެންނަމަ ބިންގާ އެޅުމުގައި ބައިވެރިވީސް!!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް