މީގެކުރިން މާލޭގައި ބޭއްވި ހަފްލާއެއްގައި ހަވާ އަރުވަނީ

ސުޕަމާކެޓް

މޫސުން ގޯސްވުމުން ހަވާ އެރުވުމާއި މިއުޒިކް ޝޯ ފަސްކޮށްފި

މޫސުން ތަން ނުދޭތީ ހަވާ އެރުވުމާއި މިއުޒިކް ޝޯ ފަސްކުރި ނަމަވެސް މިރޭ 8:15ގައި ސަމަންގެ ސުޕަމާކެޓު އާންމުންނަށް ހުޅުވާލާނެ
25 ޖެނުއަރީ 2025

ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ސުޕަމާކެޓު ހުޅުވުން ފާހަގަކުރަން މިރޭ ބާއްވަން ރޭވި މިއުޒިކް ޝޯ އާއި ހަވާ އެރުވުން، މޫސުން ތަން ނުދޭތީ ފަސްކޮށްފި އެވެ.

ސަމަން ޓްރޭޑިންގެ އާ ސުޕަމާކެޓު ހުޅުވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި، ވިނަރެސް ޓަވަރު 3ގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގަ އެވެ.

ސުޕަމާކެޓު ހުޅުވުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރާއްޖޭގެ މަގުބޫލު ތިން މިއުޒިކް ބޭންޑު ކަމަށްވާ ސްކައިރޮކް، ޑިޓިއުން ބޭންޑް އަދި ރެވިއޯ ބައިވެރިވާ މިއުޒިކް ޝޯއަކާ އެކު ހަވާ އަރުވަން ކުރިން ރާވާފައި އޮތް ނަމަވެސް، ސަމަންއިން ބުނީ މޫސުން ތަން ނުދިނުމުގެ ސަބަބުން އެ ހަރަކާތްތައް ފަސްކުރަން ޖެހިފައިވާ ކަމަށެވެ.

ސްކައިރޮކް، ޑިޓިއުން އަދި ރެވިއޯ ޕާފަމްކުރަން ރޭވި ޝޯ ބާއްވާނެ އާ ތާރީހެއް ސަމަންއިން ފަހުން އިއުލާން ކުރާނެ.

އިއްޔެ އާއި މިއަދު މާލެއަށް ވިއްސާރަ ކުރަމުންދާއިރު، މެޓް އޮފީހުން ވަނީ މާލެ ހިމެނޭ ގޮތަށް، ނ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މިރޭ 1 ޖެހުމާ ހަމައަށްވައިޓް އެލާޓެއް ނެރެފަ އެވެ.

އެ ހަރަކާތްތައް ފަސްކުރި ނަމަވެސް، މިރޭ 8 ޖަހާއިރު ސުޕަމާކެޓު ހުޅުވަން ވަނީ ހަމަޖެހިފަ އެވެ. އަދި ހަވާ އެރުވުމާއި މިއުޒިކް ޝޯ ބާއްވާނެ ދުވަހެއް ފަހުން އިއުލާންކުރާނެ ކަމަށް ސަމަންއިން ބުނެ އެވެ.

ސަމަންގެ ސުޕަމާކެޓް

މި ސުޕަމާކެޓުން އަމާޒު ހިފަނީ އާންމުންނަށް ކުރާ ހިތުން ބާޒާރު ކުރެވޭނެ މާހައުލެއް ގާއިމުކުރުމަށެވެ. މިކަން ހާސިލުކުރުމަށްޓަކައި ސުޕަމާކެޓުގެ ހުރިހާ ސިފަތަކެއް ބިނާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށެވެ. އެއީ ޗީޕް، ޗޮއިސަސް އަދި ކޮންވީނިއެންޓެވެ. ނުވަތަ އަގުހެޔޮކޮށް، ވީހާ ވެސް ގިނަ ބާވަތްތަކުގެ މުދާ ހިތްހަމަޖެހޭ މާހައުލެއްގައި ފަސޭހައިން ގަނެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.

މި ސުޕަމާކެޓުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ ތަފާތު ވައްތަރުގެ، އެކި ބްރޭންޑްތަކުގެ ކާބޯތަކެތީގެ ގިނަ ބާވަތްތަކަށެވެ. ފުރަތަމަ ފަންގިފިލާގައި ވަނީ ޕާސަނަލް ކެއާ، ކިޗަން އެކްސެސަރީސް، ހޯމް ޑެކޯ، ކްލީނިން ޕްރޮޑަކްޓްސް، އެރޯމާ ތެރަޕީ ޕްރޮޑަކްޓްސް، ލިނެން އަދި ކުޑަކުދިން ކުޅޭ ސާމާނާއި އުފަންދުވަސް އަދި ވެޑިން ފަދަ މުނާސަބަތު ފާހަގަކުރަން ބޭނުންކުރާނެ ސާމާނެވެ.

މި ސުޕަމާކެޓުގެ ލޭއައުޓާއި ސެޓަޕް ބައްޓަންކޮށްފައިވަނީ ތޮއްނުޖެހި، ހަމަޖެހިލައިގެން ކަސްޓަމަރުންނަށް ބާޒާރުކޮށްލެވޭ ގޮތަށް، ޖާގަ ތަނަވަސްކޮށެވެ. ބާޒާރުކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމުގެ އަމާޒުގައި ސަމަންއިން ހުޅުވާ މި ސުޕަމާކެޓުގެ އަޖުމަ ބަލާލައި ތަޖުރިބާކޮށްލަން އެ ކުންފުނިން އާންމުންނަށް ދައުވަތު އަރުވަ އެވެ.

ހުޅުމާލެ ފޭސް 2ގައި ސަމަންއިން ހުޅުވާ ސުޕަމާކެޓު. (ފޮޓޯ/ސަމަން)

އިތުރު އާޓިކަލް

އިތުރު އާޓިކަލް