ފަރެސްމާތޮޑާ މަސްވެރިން މަސް ބާނަނީ: ކޫއްޑޫއިން އައިސް ލިބުން ވަނީ މެދުކެނޑިފައި.

މިފްކޯ

އައިސް ލިބުން މެދުކެނޑުނީ ކަރަންޓު މައްސަލައެއް ދިމާވެގެން: މިފްކޯ

މިފްކޯއިން ބުނީ ކޫއްޑުއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް
20 ޖެނުއަރީ 2025

ގއ. ކޫއްޑޫން އައިސް ލިބުން މެދުކެނޑުނީ އެ ތަނުގެ އައިސް ޕްލާންޓުގައި ކަރަންޓު މައްސަލައެއް ދިމާވެގެން ކަމަށް މިފްކޯއިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ކޫއްޑޫން އައިސް ނުލިބޭ ކަމަށް ބުނެ މަސްވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ތަފްސީލް - އެކަމާ ގުޅޭ ގޮތުން މިފްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހިމް ސައީދު މިއަދު ވިދާޅުވީ:

  • ކަރަންޓު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ

  • ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުން އެބަދޭ

"[ގދ.] ގައްދޫ އަދި ތިނަދޫ އައިސް ޕްލާންޓުގެ މައްސަލަ ދެނެގަނެ، އެކަން ހައްލުކުރުމަށް އިންޖިނިއަރުން ދަނީ ހަރަކާތްތެރިވަމުން،" މިފްކޯގެ މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އިބްރާހިމް ސައީދު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މިދިޔަ އޯގަސްޓް 29 އިން ފެށިގެން މިފްކޯއަށް މަސްކިރާ ދޯނިތަކަށް 10 ޓަނާ ހަމައަށް، ފަހުން ފައިސާ ދައްކާ ގޮތަށް އައިސް ދޫކުރަން ވަނީ ފަށާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް