ރައީސް މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ދިވެހިންނަކީ މަގުމަތިން ސަރުކާރު ވައްޓާ ބަޔެއް ގޮތަށް ސިފަކުރުން ހަޑި: ނައިބު ރައީސް

ސަރުކާރު ގޯސްކޮށް ދަންޏާ މަގުމަތިން ސަރުކާރު ވައްޓައިލަން ދިވެހިން ނުކުންނަ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވީ، ޓީވީ ޕްރޮގްރާމެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

ދިވެހިންނަކީ މަގުމަތިން އިންތިހާބުކޮށްފައިވާ ސަރުކާރު ވައްޓާލަން ނުކުންނަ ބަޔެއް ގޮތަށް ސިފަކުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ސަރުކާރު ގޯސްކޮށް ދަންޏާ މަގުމަތިން ސަރުކާރު ވައްޓައިލަން ދިވެހިން ނުކުންނަ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވީ، ޓީވީ ޕްރޮގްރާމެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އުމަރު ނަސީރު ދެއްކެވި ވާހަކަތަކަށް ނައިބު ރައީސް ރައްދު ދެއްވީ، "އެކްސް" ޕޯސްޓެއްގަ އެވެ.

ބުނީ ކީކޭ؟ - "ފާޑުކިޔުމުގެ ނަމުގައި ދިވެހި ރައްޔިތުންނަކީ ނާތަހުޒީބު، ޑިމޮކްރެސީއާ ދުރު ބައެއް ކަމަށް ބުނެ، ރައްޔިތުންނަށް ހަޖޫޖެހުމަކީ ދަށުދަރައިޖެ އަމަލެއް،" ނައިބު ރައީސް ލިޔުއްވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒަކީ އަބަދުވެސް ބިނާކުރަނިވި ފާޑުކިޔުމަށް ޖާގަ ދެއްވާނެ ރައީސެއް ކަމަށެވެ. އެއީ ގައުމަށް އަދި ރައްޔިތުންނަށް ހިދުމަތެއް ކޮށްދެއްވަން ނުކުމެވަޑަންނަވާ ކޮންމެ ވެރިއެއް ކިބައިގައި ހުންނަންވާނެ ސިފައެެއް ކަމަށެވެ.

ފާހަގަކޮށްލެވޭ - ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު، އޭރުގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގި މަގުމަތީ ހަރަކާތްތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ އުމަރު ނަސީރެވެ.

ނަޝީދުގެ ވެރިކަން ނިމުނީ މަގުމަތީ ހަރަކާތުގައި ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ގުޅި ހިނގި ހަމަނުޖެހުންތަކަކަށް ފަހު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް މުއިއްޒުގެ ސަރުކާރު ވެސް މަގުމަތިން ވައްޓާލަން ޖެހޭ ހިސާބަށް ގޮސްފައިވާ ކަމަށް ސިފަކުރައްވައި އުމަރު ވާހަކަ ދެއްކެވީ ނަޝީދުގެ ވެރިކަން މިސާލަކަށް ނަންގަވަމުންނެވެ.

ކޮމެންޓް (2)

ތެފައާސާ.

19 ޖެނުއަރީ 2025
ވެރިކަމަކީ ރައްޔިތުންގެ ތާއިދާއި ރުހުމާއިއެކު ކުރާކަމެއް. ރައްޔިތުންނަށް ދޮގު ވައުދުތަކެއް ވެގެން އޮޅުވާލައިގެން ވެރިކަމަށް ހޮވުނީމާ އޭގެ މާނައަކީ 5 އަހަރު ވަންދެން އެމީހަކު ހިތުހުރިގޮތަކަށް ރައްޔިތުންގެ ރުހުމާއި މަންފާއަށް ނުބަލައި ވެރިކަން ކުރަން ލިބުނީއެކޭ ނޫން. އުމަރު ކަހަލަ މީހުން އެދައްކާ ވާހަކައިގެ މުރާދުކަމަށް ތެފައާސާއަށް ވިސްނޭ ގޮތަކީ މިއީ.
0 0

ޙަސަަންތަކުރުބެ

18 ޖެނުއަރީ 2025
ޙަޤީޤަތުގައިވެސް ލައިވްޕްރޮގްރާމެއްގައި ތިދެއްކެވި ވާހަކަތަކުން މިސާލުނެގެނީ ވަރަށް ދަށުދަރަޖައިގެ ޢަމަލެއް ކަމަށް! މިހާރު މިއޮތް ޑިމޮކްރަޓިކް ވެށިތެރޭގައި ޙަރަކާތްތެރިވާ ހޯމް މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު ކޮށްގެން ވާނެކަމެއްނޫން. އަބުރަކީ އަމިއްލަފުޅަށް ހިފަހައްޓަންޖެހޭ އެއްޗެއް! އަހަރެން ޢުމަރު ސިގަކުރަމުން އައީ އިބްރަހަމް ލިންކަންގެ ގޮތުގައި. އޭނަވެސް ހިތްވަރަށް ބަދަލެއްނައިސް އެތައްފަހަރެއްގެ މަތީން އެމެރިކާގެ އިންތީޚާބުގައި ވާދަކޮށްގެން ކާމިޔާބު ކުރެއްވި! ރައީސް ޑރ. މުއިއްޒަށްވެސް 5އަހަރު ފުރިހަމަވާންޖެހޭނެ! އަދިނުކުރެވިގެން އުޅެނީ ކޮންކަމެއްކަން ނިއްމާން ކައިރިވެސް ނުވޭ! ރައީސް ޔާމީންގެ 5އަހަރުން 2އަހަރު ހޭދަކުރެއްވީ ބަޣާވާތްކުރަން ނިކުތްމީހުން މައިތިރިކުރަން 3އަހަރު ލިބިލެއްވީ ޤައުމު ތަރައްޤީކުރަން. އަދިއެއިރު އެހުރިހާކަމެއްގައި ޝާމިލްވެ ބައްލަވަމުން ގެންދެވީ ޑރ. މުއިއްޒު!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް