ކައުންސިލްތަކުގެ މިިނިސްޓަރު އާދަމް ޝަރީފް (ކ)، ދެ ރަށެއްގެ ކައުންސިލަށް ފަޅު ރަށެއް ހަމަޖައްސައިފި - (ފޮޓޯ/ ރައީސް އޮފީސް)
އިނގުރައިދޫ އާއި މާވަށަށް ފަޅު ރަށެއް ހަމަޖައްސައިފި
ލޯކަލް ކައުންސިލްތަކަށް ފަޅު ރަށް ލިބޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން ރ. އިނގުރައިދޫ އާއި ލ. މާވަށަށް ފަޅު ރަށެއް ހަމަޖައްސައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ އެ ނިންމުން ހާމަކުރެއްވީ، ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ތަފްސީލް - މިނިސްޓަރު ވިދާޅުވި ގޮތުގައި ޕްރޮޕޯސަލް ހުށަހެޅި ކައުންސިލްތަކަށް ރަށްތައް ހަވާލުކުރުމަށް ރައީސް މުއިއްޒު ނިންމާފައިވާ ކަމަށެވެ. އެގޮތުން:
-
ރ. އިނގުރައިދޫ ކައުންސިލް - ރ. ނެޔޮ
-
ލ. މާވަށް ކައުންސިލް - ލ. ބޮޑުމާބުޅި
-
ދ. އަތޮޅު ކައުންސިލް - ދ. މިނިމަސްގަލި އަދި ދ. ފެންފުށި
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަންނަ ހަފުތާގައި ރައީސް އޮފީހަށް ރިޕޯޓް ހުށަހަޅައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ރަށްތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ކޮމެންޓް (1)
ސިކުނޑި