ރ އަލިފުށި: ފުލުހުން އޮޕަރޭޝަން ކުރިއަށް ގެންދަނީ ސިހުރުގެ މައްސަލައެއްގެ ރިޕޯޓް ލިބިގެން
ސިހުރު ހަދާކަމުގެ ތުހުމަތުގައި އަލިފުއްޓާއި މީދޫގައި ފުލުހުން އޮޕަރޭޝަނެއް ހިންގަނީ
ސިހުރު ހަދާކަމުގެ ތުހުމަތުގައި ރ. އަލިފުއްޓާއި ރ. މީދޫގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ސިހުރު ހަދާކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
"އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ވާހަކަ ދަންނަވަން،" އިތުރު ތަފްސީލް ހާމަނުކޮށް ފުލުހުން ބުންޏެވެ.
ގުޅުން ހުރި - ސިހުރުގެ މައްސަލަ ފެންމަތިވެ މިދިޔަ މަހު ހއ. ކެލާގައި ވެސް ފުލުހުން ވަނީ އޮޮޕަރޭޝަނެއް ހިންގައިފަ އެވެ.
އެ އޮޕަރޭޝަންގައި އެރަށަށް އަރައި، ޝައްކުކުރެވޭ ހުރިހާ ގެއަކަށް ފުލުހުން ވަދެގަތީ އެއް ވަގުތެއްގަ އެވެ. ބައެއް ގެތަކުން އެކި ކަހަލަ ފޮތްތަކާއި ތަކެތި އަދި ބައެއް މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.