ލަކްސް ސައުތު އަރި އެޓޯލް.

ލޯންޗެއްގެ ބުރަފަތިން ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

މަރުވީ ސައުތު ލަކްސް އަރި އެޓޯލް ރިސޯޓުގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް
10 ޖެނުއަރީ 2025

ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓުގެ ބޭރުން މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗެއްގެ ބުރަފަތިން ޖެހި، އެ މީހާ މަރުވެއްޖެ އެވެ.

ބުނީ ކީކޭ؟ - ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު 10 ހާއިރު ހިނގި އެ ހާދިސާގައި މަރުވެފައިވަނީ އާޖެންޓީނާގެ 55 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.

"އދ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޓޫރިސްޓެއް ރެޑިސަން ބްލޫ މޯލްޑިވްސް ރިސޯޓު ބޭރު މޫދުގައި އުޅެނިކޮށް އައިކޮމް ގްރީން ނަމަކަށް ކިޔާ ލޯންޗަކުން ޖެހި މީހާ ނިޔާވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ހިއްސާނުކުރި ނަމަވެސް، ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް